News

ޓޮޓެންހަމްގެ ކުޅުންތެރިން މިއަދުން ފެށިގެން ޓްރޭނިންއަށް

28 އޭޕްރިލް 2020






ޓޮޓެންހަމް ހޮޓްސްޕާގެ ކުޅުންތެރިންނަށް މިއަދުން ފެށިގެން އިންޑިވިޑުއަލް ޓްރޭނިންގ ނުވަތަ ވަކި ވަކިން ކުޅުންތެރިންނަށް ޓްރޭނިން ޕިޗްތައް ބޭނުން ކުރުމުގެ ފުރަސަތު ދީފިއެވެ. 

އެ ކްލަބުގެ ޓްރޭނިން ސެންޓަރުގައި ވަނީ މަދު އަދަދަކަށް ޓްރޭނިން ފިޗް ތަކެއް ހަދާފައެވެ. އަދި ކޮންމެ ފިޗަކަށްވެސް ވަދެވޭނީ އެންމެ ކުޅުންތެރިއަކަށް ކަމަށާއި، އެ ކުޅުންތެރިއަކު ފިޗަށް ހާޒިރުވާން ވާނީ އެކަނި ކަމަށް އެ ކްލަބުން ބުނެއެވެ. 

ކޮރޮނާވައިރަސްގެ ސަބަބުން މެދު ކަނޑާލާފައި އިނގިރޭސި ޕްރިމިއާލީގު ޖޫން 8 ގައި ފެށުމަށް މަސައްކަތް ކުރަމުންދާއިރު ހުރިހާ ޓީމުތަކުންވެސް މޭ 18 ގެ ކުރިން ފަރިތަކުރުންތައް ފަށަން ޖެހެއެވެ. ޖޫންގައި ލީގު ފެށޭނެ ކަމުގެ ސީދާ ކަށަވަރުކަމެއް ކުލަބުތަކަށް ދީފައިވ ނުވިނަމަވެސް ޓޮޓެންހަމުން އަންގާރަ ދުވަހު ފަރިތަކުރުންތައް ފަށާފައެވެ.

އެ ކްލަބުގެ އިތުރުން އާސެނަލް، ބްރައިޓަން އަދި ވެސްޓް ހޭމްއިންވެސް ވަނީ ވަކި ވަކިން ކުޅުންތެރިންނަށް ތަމްރީނު ހެދުމުގެ ފުރުސަތު ފަހިކޮށްދީ ތަމްރީނުތައް ފަށާފައެވެ. 

ޓޮޓެންހަމުން ބުނީ އެ ކްލަބުގެ ޓްރޭނިން ސެންތަރު އާދިއްތަ ދުވަހުން ފެށިގެން ހުޅުވާފައިވާއިރު އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ސިއްހީ ގައިޑްލައިންގައިވާ ގޮތަށް އިޖްތިމާއީ ގައިދުރުކަން ހިފަހައްޓާނެ ކަމަށެވެ. އަދި އެ ޓްރޭނިން ސެންޓަރަށް އެއްފަހަރާ ގިނަ މީހުންނަށް ނުވަދެވޭނެ ކަމަށާއި، އެކަންކަން ވަރަށް ރަނގަޅަށް އެ ކްލަބުން ބަލަހައްޓަމުންދާނެ ކަމަށެވެ. 



Leave a Comment:

Comments will be published after moderation.