News

ލަލީގާއިން ޖޫންގައި ލީގު ފެށޭތޯ ބަލަނީ

26 އޭޕްރިލް 2020






ލީގު ކިތަންމެ ދިގުލައިގެން ދިޔަކަމުގައިވިޔަސް ލަ ލީގާއިން ބޭނުންވަނީ ޖޫންގައި ލީގު ފަށައިގެން ކުރިޔަށް ގެންދިއުމަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ލަލީގާއިން ވަނީ ލީގު ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލް ހިމެނޭ 23 ސޮފްހާގެ ޑޮކިއުމެންޓެއް ތައްޔާރުކޮށްފައެވެ. ކުޅުންތެރިން ބޭނުން ކުރާނެ ގޮތްތަކުގެ ތަފްސީލާއި ޖޫންގައި މެޗުތައް ފެށުމަށް ކުޅުންތެރިންނަށް ލަލީގާއިން އެކުލަވާލާފައިވާ 23 ސަފްހާގެ ޑޮއިކުމެންޓްގައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބަންވާނެއެވެ.

ނިއުޔޯކް ޓައިމްސްގައި ބުނެފައިވަނީ ލަލީގާ ފެށުމަށް މަސައްކަތް ކުރަނީ މެޗުގެ އިތުރުން ކުޅުންތެރިންނަށް ބޭރުތެރެއިން އެއްވެސް މީހަކާ ބައްދަލުނުވާ ގޮތަކަށް ވަރަށް ބޮޑަށް ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. 

ލަލީގާއިން ހަދާފައިވާ ފްލޭނާ އެއްގޮތަށް ލީގު ކުރިޔަށް ގެންދިއުމަށް މެޗަށް އެރުމުގެ ކުރިން ކުޅުންތެރިންގެ ކިބައިގައި ކޮރޯނާވައިރަސްގެ އެއްވެސް އަލާމާތެއް ހުރިތޯ ބަލާނެއެވެ.

އެއްވެސް ކުޅުންތެރިއެއް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެނަމަ ވައިރަސް ނުފެތުރޭހެން ފިޔަވަޅުތައް އަޅާނެއެވެ. އެއްވެސް މެޗަކަށް ވައިރަހުގެ އަލާމާތްތައް ހުރި ކުޅުންތެރިއެއް ނާރުވާނެއެވެ. 

ލީގު ފެށުމުގެ ކުރިން މިކަން ކަށަވަރުކުރުމުގެ ގޮތުން ކޮންމެ ދުވަހަކު ކުޅުންތެރިން ޓެސްޓް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

ހަރުކަށިފިޔަވަޅުތަކާއެކު ލަލީގާ ފެށުމަށް މަސައްކަތް ކުރަމުންދާއިރު ޖޫންގައި ކުޅޭ އެއްވެސް މެޗަކަށް ސަޕޯޓަރުންނެ ނުވައްދާނެއެވެ. ހަމައެކަނި ޓީވީން ދައްކާ މެޗުތަކެއް ގޮތަށް ލީގު ކުޅެ ނިންމާލުމަށް ހަމަޖެހިފައިވާއިރު ކޮރޯނާވައިރަހަށް އެއްވެސް ކުޅުންތެރިއެއް ނުވަތަ ލީގުގައި ހަރަކާތްތެރިވާ ފަރާތެއް ޕޮސިޓިވް ވެއްޖެނަމަ ވަގުތުން ކަރަންޓީނަށް ގެންދެވޭނެއެވެ. 

ލަލީގާއިން ލީގު ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕްލޭންގައިވާގޮތުން ފުރަތަމަ ފޭސްގައި ލީގުގެ ކުރިން ޕްރެކްޓިސްއަށް ކުޅުންތެރިން ހާޒިރުވާއިރު އަންގިއާއި މާސްކް ބޭނުން ކުރާނެއެވެ. އެކި ކުޅުންތެރިން ޓްރޭނިން ގްރައުންޑްތަކަށް ހާޒިރުވާނީ އެކި ގަޑިތަކުގައެވެ. ޓްރޭނިންތަކުގައި ގިންވެގެން އެއްފަހަރާ ބައިވެރިވެވޭނީ 6 ކުޅުންތެރިންނަށެވެ. 

އަދި ޓީމުތަކުގެ ޖިމްތަކަށް އެއްފަހަރާ ވަދެވޭނީ ދެ ކުޅުންތެރިންނަށެވެ. އަދި ޖިމް ބޭނުން ކުރުމަށްފަހު ކުރިހާ އިކުއިޕެންޓެއްވެސް ޑިސްއިންފެކްޓް ކުރާނެއެވެ.

ދެވަނަ ފޭސްގައި ކޮރޯނާވައިރަސްގެ ހާލަތު ކުރިޔަށްވުރެ ރަނގަޅުވާނެ ކަމަށް އެއްފަހަރާ 8 ކުޅުންތެރިންނަށް ޓްރޭނިން ގްރައުންޑުތަކުގައި  ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމަށް ފުރުސަތު ދެވޭނެއެވެ.

އަދި ޓްރޭނިން ނިމުމަށްފަހު ކުޅުންތެރިން ވަކިން ބައްދަލުނުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. އަދި ފަރިތަކުރުންތަކަށް ފަހު ގެއަށްދާން ހުއްދަދީފައިވާ ކުޅުންތެރިންނަށް ގެއިން ނިކުމެވޭނީ ހަމައެކަނި ޓްރޭނިންގްރައުންޑަށް ހާޒިރުވުމަށްކަމަށް ލަލީގާގެ ޕްލޭންގައި ކަނޑައަޅާފައިވެއެވެ. 

މިޕްލޭނާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދެވިއްޖެނަމަ ލަލީގާއިން ޖޫންގައި ލީގު ފަށާނެއެވެ. 

 

 



Leave a Comment:

Comments will be published after moderation.