News

އެސްޓަން ވިލާ ކުޅުންތެރިންގެ ހަތަރު މަހުގެ މުސާރަ ކުޑަކޮށްފި

25 އޭޕްރިލް 2020






އެސްޓަން ވިލާގެ ކުޅުންތެރިންނާއި ކޯޗުން އަދި ސީނިއާ މެނޭޖްމެންޓްގެ މުސާރައިން 25 އިންސައްތަ ފަހުން ނަގާގޮތަށް ހަމަޖައްސާ ކުރިޔަށް އޮތް ހަތަރު މަހުގެ މުސާރަ ކުޑަކޮށްފި އެވެ. 

އެޓީމުން ބުނީ މުސާރަ ޑިފާ ކުރަން ނިންމީ ކޮރޯނާވައިރަސްގެ ސަބަބުން ކްލަބުތަކަށް ދިމާވާ މާލީ ގޮންޖެހުންތަކުގެ އަސަރު އެކުލަބަށްވެސް ކުރާނެތީީ މާލީ ތާށިކަމުން އަރައިގަތުމަށް އަޅާފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި މުވައްޒަފުން ނޯޕޭއަށް ފޮނުވައިގެން ސަރުކާރުގެ ފަންޑިިިިން ސްކީމްގެ ބޭނުން ނުހިފުމަށް ކަަމަށެވެ.

އެސްޓަންވިލާގެ ޗީފް އެގްޒެކެޓިވް ކަރިސްޓިިިއަން ޕާސްލޯ ވިދާޅުވީ އިނގިރޭސި ކްލަބްތަކަށްވެސް މާލީދަަތިތައް ކުރިމަތިވަމުން އަންނަަ މިދަނޑިވަޅުގައި އެކްލަބު އޮތީ އެހެން ކްލަބުތަކާއިއެކުގައި ކަމަށެވެ.

އެސްޓަންވިލާގެ ސީނިއާ ޓީމާއި ކޯޗުންނާާާާއި ސީނިއާ މެނޭޖްމެންޓްގެ މުސާރައިން 25 އިންސައްތަ އުނި ކުރިނަމަވެސް އެ ކްލަބުގެ އެހެން މުވައްޒަފުންނަށް ފުލްކޮށް މުސާރަ ދޭނެ ކަމަށް އެސްޓަންވިލާއިން ބުނެއެވެ. 

އިނގިރޭސި ޕްރިމިއާ ލީގްގެ ކްލަބުތަކުގެ ތެރެއިން އާސެނަލްގެ ކުޅުންތެރިންވެސް ވަނީ މުސާާރަ ކުޑަކޮށްފަަަަަައެވެ. އެޓީމުން ނިންމާފައިވަނީ މުސާރައިގެ 12.5 އިންސައްތަ އުނިކުރުމަށެވެ. 

 



Leave a Comment:

Comments will be published after moderation.