News

ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއް ނުކުރެވޭނެ: މެންޗެސްޓާ ޔުނައިޓެޑް

25 އޭޕްރިލް 2020






ކުރިޔަށް އޮތް ޓްރާންސްފާ ބާޒާރުގައި ކުޅުންތެރި ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑަށް ބޮޑު ހޭދައެއް ނުކުރެވޭނެ ކަމަށް އެ ކްލަބްގެ އެގްޒެކެޓިވް ވައިސް ޗެއާމަން ވުޑްވާޑް ވިދާޅުވެއްޖެ އެވެ.

ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާއިން އެތައް ސަތޭކަ މިލިއަން ފައުންޑް ހަރަދުކުރާނެ ކަމަށް ލަފާކޮށް ހަބަރުތައް ފަތުރަމުން އަންނަ މި ދަނޑިވަޅުގައި ކޮރޯނާވައިރަސްގެ ސަބަބުން ކުޅިވަރަށް ކުރާ ހަގީގީ އަސަރުގެ ސަބަބުން ބޮޑު ހޭދައެއް ކުރުމަށް ކްލަބުން ބޭނުން ނުވާ ކަމަށް ވުޑްވާޑް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން އަންނަނީ 200 މިލިއަން ޕައުންޑަށް ޓޮޓެންހަމްގެ ސްޓްރައިކާ ހެރީ ކޭން އާއި 130 މިލިއަން ޕައުންޑަށް އިންގްލޭންޑާއި ބޮރޫޝިޔާ ޑޯޓްމުންޑްގެ ޖޭޑަން ސަންޗޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެެ. 

ވުޑްވާޑް ވިދާޅުވީ ފުޓްބޯޅައަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ގުޅިގެން ކުރިއެކޭ އެއްގޮތަށް އެއްވެސް ކްލަބަކަށް ޓްރާންސްފާ ބާޒާރަށް ތައްޔާރު ވެވޭނެ ކަމަށް އެއްވެސް  ބަޔަކު ގަބޫލުކޮށްގެން ނުވާނެ ކަމަށާއި، އޭގެ ތެރޭގައި މެންޗެސްޓާވެސް ހިމެނޭ ކަމަށެވެ.

 ވުޑްވާޑަކީ ޕްރިމިއާ ލީގާއި ޔޫރަޕްގައި ފުޓްބޯޅަ ލީގުތަކާއި ގުޅޭ ގޮތުން ކުރިޔަށް ގެންދެވުނު ގިނަ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ފަރާތެކެވެ.



Leave a Comment:

Comments will be published after moderation.