News

ދިވެހި ކޯޗުން ތަމްރީން ހޯދުމަށް ރާއްޖެއިން ބޭރުގައި

22 ފެބްރުއަރީ 2019






ކޯޗިންގެ އިތުރު ތަމްރީން ހޯދުމަށް ދިވެހި ކޯޗުންތަކެއް މިވަގުތު ޖަޕާނުގައި ވާއިރު ގޯލްކީޕަރ ދެވަނަ ދަރަޖައިގެ ލައިސަންސް ހޯދުމަށް އެހެން ކޯޗެއްދަނީ މިޔަންމާއަށް ފުރުމަށް ތައްޔާރުވަމުންނެވެ.

އަހްމަދު ނާޝިދު (ނާދު)، މުއާވިޔަތު އިލްހާމް، އިބްރާހިމް ޝާފިއު (ސާއްކޮ) އަދި ފަރީދު މުހައްމަދު (ފަރިއްޓޭ) މިވަގުތުވަނީ ކޯޗިން ތަމްރީނެއްގައި ޖަޕާނުގައެވެ. ފުޓުބޯޅަ އެކެޑަމީތަކުގެ ކޯޗުން ކަމަށްވާ މި 4 ކޯޗުން ހޮވާފައިވަނީ އެ އެކަޑަމީތަކަށް އެފް.އޭ.އެމްއިން މި ދައުވަތު ފޮނުވުމުންނެވެ. އެގޮތުން މޯލްޑިވްސް ސޮކަ މޭޓްސްއިން މި ތަމްރީނަށް ފޮނުވުމަށް ނާދު ހޮވިއިރު، ބީޖީއިން ހޮވީ މުއާވިޔަތު އިލްހާމެވެ. މާޒިޔާއިން ހޮވީ ސާއްކޮއެވެ. އަދި ޓީސީއިން ފަރިއްޓޭއެވެ. މި ތަމްރީނުގައި ބައިވެރި ވެވެނީ އޭ.އެފް.ސީ-ބީ ލައިސަންސް ނުވަތަ އެއަށްވުރެ މަތީ ލައިސަންސްއެއް އޮތް ކޯޗުންނަށެވެ. އެގޮތުން ބަލާއިރު ނާދު އަދި އިލްހާމް އަތުގައި އޭ.އެފް.ސީ-އޭ ލައިސަންސް އޮތް އިރު ފަރިއްޓޭ އަދި ސާއްކޮ އަތުގައި އޭ.އެފް.ސީ ބީ ލައިސަނސް އެބައޮތެވެ.

ގޯލްކީޕަރ ދެވަނަ ދަރަޖައިގެ ލައިސަންސް ހޯދުމަށް އަހްމަދު އަހްސަން (ބަރޯ) މިޔަންމާއަށް ވަރަށް އަވަހަށް ފުރާނެއެވެ. ބަރޯއަކީ ޓީސީގެ އިތުރުން ޒުވާން ޤައުމީ ޓީމްތައް އަދި އަންހެން ޤައުމީ ޓީމްގެ ގޯލްކީޕަރ ކޯޗެވެ. ބަރޯ އަތުގައި މިވަގުތު އޭ.އެފް.ސީ ގޯލްކީޕަރ ފުރަތަމަ ދަރަޖައިގެ ލައިސަންސްގެ އިތުރުން އޭ.އެފް.ސީ-ސީ ލައިސަނސް އެބައޮތެވެ. ގޯލްކީޕަރ ދެވަނަ ދަރަޖައިގެ ލައިސަންސް މިވަގުތު އޮތް ހަމައެކަނި ދިވެއްސަކީ އަސްލަމް އަބްދުލް ރަހީމްއެވެ. އޭނާއަކީ ޤައުމީ ފިރިހެން ޓީމުގެ ގޯލްކީޕަރ ކޯޗެވެ.

Coaching-News Towards Future

Leave a Comment:

Comments will be published after moderation.