ކޮރޯނާވައިރަސް ޕެންޑަމިކްގެ ސަބަބުން ފީފާފެ މެންބަރު އެސޯސިއޭޝަންތަކަށް ދިމާވާ މާލީ ހީނަރުކަމުން އަރައިގަތުމަށް އެހީވުމަށް 150 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައިފިއެވެ.
ފީފާއިން އެހީގެ ގޮތުގައި 150 މިލިއަން ރުފިޔާ ބަހަން އިއުލާނު ކުރީ މިދިޔަ ހުކުރު ދުވަހެވެ. ފީފާއިން ބުނީ އެ ޖަމްއިއްޔާގެ މެންބަރު 112 ގައުމުގެ ގައުމީ ފުޓްބޯޅައިގެ އިދާރާތަކަށް ކުރިޔަށް އޮތް ދުވަސްތަކުގައި ފައިސާ ހަވާލުކުރާނެ ކަމަށެވެ. ކޮންމެ ގައުމަކަށް ފީފާއިން ދިނުމަށް ހަމަޖެހިފައިވަނީ 500،000 އެމެރިކާ ޑޮލަރެވެ..
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް މިހާރުންވެސް މާލީ ދަތިިތައް ކުރިމަތިވެފައިވާ ކަމަށާއި، ފީފާއިން ފުޓްބޯޅަ އާއިލާއަށް އެހީވުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މެންބަރު އެސޯސިއޭޝަންތަކަށް އެހީވުމަށް ފުރަތަމަ ފަށައިގަންނާނީ ވަގުތުން ދޭ މާލީ އެހީތެރިކަމާ އެކުގައި ކަމަށެވެ.