News

ދިރާގު ރޯޑް ރޭސް 2021 އަށް ފަސްކޮށްފި

23 އޭޕްރިލް 2020






މިއަހަރު ބާއްވަން ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ދިރާގުން ބުނެފިއެވެ. 

މިއަހަރުގެ ރޯޑް ރޭސް 2021 އަށް ފަސްކުރަން ނިންމީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިވަގުތު އެހަރަކާތް ބޭއްވެން ނެތިގެންނެވެ. 

ދިރާގުން ބުނީ ރޯޑް ރޭސް އަންނަ އަހަރަށް ފަސްކުރުމަކީ އެކުންފުންޏަށް ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށެވެ. އެހެންނަމަވެސް އެހަރަކާތް ފަސްކުރީ ކޮވިޑް-19 ފެތުރުން ހުއްޓުވާ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަަމަށް މިވަގުތު އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީީ އެއީ ކަމުގައި ބެލެވޭތީކަމަށެވެ. 

މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައި މި ހަރަކާތް ކެންސަލް ކުރި ފުރަތަމަ ފަހަރެވެ. ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ދުވުމެވެ. މިއަހަރުގެ ރޯޑް ރޭހާއި ގުޅުވައިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ހުރިހާ ހަރަކާތެއްވެސް ކެންސަލް ކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެހެންނަމަވެސް އަންނަ އަހަރު ދިރާގު ރޯޑް ރޭސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުން ބުނީ މި ދަނޑިވަޅުގައި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުޅި މުޖުތަމައަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. 



Leave a Comment:

Comments will be published after moderation.