News

ކޮވިޑް-19 ޖެހުނުކަމަށް ތުހުމަތުކުރެވުމުން ލުކާކޫ މާފަށް އެދިއްޖެ

23 އޭޕްރިލް 2020






ޖެނުއަރީގައި އިންޓަމިލާންގެ 25 ކުޅުންތެރިންގެ ތެރެއިން 23 ކުޅުންތެރިންނަށް ކޮރޯނާވައިރަސް ޖެހުނުކަމަށްބުނެ ދެކުވުނު ވާހަކައަކާއި ގުޅިގެން ރޮމެލޫ ލުކާކޫ މާފަށް އެދިއްޖެއެވެ. 

މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އިޓަލީގެ އިންޓަމިލާނަށް ބަދަލުވި ސްޓްރައިކާ ލުކާކޫ އެވާހަކަ ދެއްކީ އިންސްޓަރގްރާމުން ލައިވްކޮށް ބެލްޖިއަން ޓީވީ ޕްރެސެންޓަރަކާ ވާހަކަ ދައަކަމުންނެވެ. 

އިންޓަރމިލާނާއި ގުޅޭ ގޮތުން ލުލާކޫ މިފަދަ ވާހަކައެއް ދެއްކުމުން އެ ކުލަބުން ހައިރާންވިއެވެ. އެހެންނަމަވެސް އޭނާ މާފަށް އެދިފަިއވާތީ މިހާރު އެމައްސަލަ ވަނީ ހައްލުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ބެލޖިއަމްގެ މަޝްހޫރު ފުޓްބޯޅަ ތަރި ލުކާކޫ އިންސްޓަރގްރާމް ކޮންވަޒޭޝަނުގައި ބުނެފައިވަނީ ޑިސެމްބަރުގައި ހަފްތާއެއްގެ އޮފް ދިނުމަށްފަހު އިންޓަ އިން ޖެނުއަރީގައި ކުޅެން ނިކުތްކަމަށެވެ. އޭރު 25 ކުޅުންތެރިންގެ ތެރެއިން 23 ކުޅުންތެރިން ބަލިކަމަށާއި، މިއީ ސަމާސާއެއް ނޫން ކަމަށެވެ.

އޭރު ކުޅުނު މެޗެއްގައި 25 މިނިޓްފަހުން އެޓީމުގެ ޑިފެންޑަރުން ދަނޑުން ފައިބަން ޖެހުނު ކަމަށާއި،  ބައެއް މީހުންނަށް މެޗު ފުރިހަމަ ނުކުރެވޭ ވަރަށް ހާލު ދެރަވިކަމަށްވެސް ލުކާކޫ ބުނެފައިވެއެވެ. 

އެންމެންވެސް ތިބީ ހުންއައިސްފަ ކަމަށާއި، ކެއްސުން ފަދަ އަލާމާތްތައްވެސް ފެނުން ކަމަށް ލުލާކޫ ބުންޏެވެ. އަދި ކުޅެން ފެށުމުގެ ކުރިން ވޯމްއަޕް ކުރަނިކޮށް އޭނާއަށްވެސް ކުރިޔާ ހިލާފަށް ހޫނުކަން އިހްސާސްވި ކަމަށާއި، ފާއިތުވި ފަސްއަހަރުވެސް އޭނާގެ ހަށިގަނޑު އެހާ ހޫނު ނުވާކަމަށް ލުކާކޫ ބުންޏެވެ. 

މެޗަށްފަހު ރޭގަނޑުގެ ކެއުމެއް ތައްޔާރުކޮށްފައި އޮތް ކަމަށާއި އެހެންނަމަވެސް ހުން އައިސްފައިވާތީ މަޑުނުކޮށް ލުކާކޫ ދިޔައީ އޮށޯވެލަން ކަމަށްވެސް އޭނާ ބުންޏެވެ. އިންޓަގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ނުކުރާ ކަމަށާއި، އެހެންކަމުން އެއީ ކޮވިޑް-19 ކަން ޔަގީންކޮށް ބުނަން ނޭންގޭނެ ކަމަށްވެސް އޭނާ ބުންނެވެ. 

އިއްޔެއާ ހަމައަށް އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގުެ ތެރެއިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިއްޔެއާ ހަމައަށް 25،000 އަށްވުރެ މައްޗަށް އަރާފައިވެއެވެ. 

 



Leave a Comment:

Comments will be published after moderation.