News

ބޮޑެތި ލީގުތަކުގެ ތެރެއިން އެންމެ އަވަހަށް ފަށާނީ ބުންޑަސްލީގާ؟

23 އޭޕްރިލް 2020






ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ އަވަހަށް ފަށާނީ ޖަރުމަނުގެ ބުންޑަސްލީގާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.  

ބުންޑަސްލީގާ އާއި ވާދަވެރި ޔޫރަޕްގެ އެހެނިން މުބާރާތްތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ބުންޑަސްލީގާ އަލުން ފަށަށް ހިޔާލު ކުރާ ކަމަށާއި، އަންނަ މޭމަހު އަލުން މެޗުތައް ކުޅެން ފަށާނެ ކަމަށް ޖާމަން ފުޓްބޯލް އެސޯސިއޭޝަން،ޑީއެފްއެލްގެ ޗީފް އެގްޒެކެޓިވް ކްރިސްޓިއަން ސެއިފާޓް އާއި ހަވާލާދީ ފިނޭންޝަލް ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ.

ސެއިފާޓް ވިދާޅުވީ އަންނަ މަހު އަލުން ސީޒަން ފަށާނެ ކަމަށާއި ތާވަލުގައިވާ ހުރިހާ މެޗެއް ކުޅުމަށްފަހު ޖޫން މަހުގެ ނިޔަލަށް ސީޒަން ނިންމާލާނެ ކަމަށެވެ.

ޖާމަނީން ވަނީ ކޮރޯނާވައިރަސް އާއި ގުޅިގެން އެގައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއްދޭން ފަށާފައެވެ.

ޖާމަނީ ސަރުކާރުގެ ރުހުމާއެކު މެއި މަހުގެެ 9 ގައި ބުންޑަސް ލީގާ ފަށައިގެން ހުރިހާ މެޗެއް ކުޅޭނީ ސަޕޯޓަރުންް ދަނޑަށްް ނުވައްދައެވެ.

 



Leave a Comment:

Comments will be published after moderation.