News

އާސެނަލް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމައިފި

21 އޭޕްރިލް 2020






ކޮރޯނާވައިރަސްގެ ވަބާއާއި ގުޅިގެން އާސެނަލްގެ ކުޅުންތެރިންނާ ކޯޗިން ސްޓާފުންގެ މުސާރައިން 12.5 އިންސައްތަ ކުޑަކުރުމަށް އެޓީމުން ނިންމައިފިއެވެ. 

އާސެނަލަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހިމެނޭ ކްލަބްތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅުމަށް އެއްބަސްވިކަމަށް އިއުލާނުކުރި ފުރަތަމަ ކްލަބެވެ. 

ކްލަބުގެ ކުޅުންތެރިންނާއި ކޯޗުންގެ މުސާރަ ކުޑަކުރުމަށް ނިންމިއިރު ޕްރިމިއާ ލީގުގެ އެންމެ ކުރީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ މުސާރަ ކުޑަކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައެވެ. 

އާސެނަލް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗު މިކޭލް އާޓެޓާ އާއި ޓީމުގެ އޮފިޝަލުންގެ މުސާރަ ކުޑަކުރަން ނިންމާފައިވަނީ އަންނަ މެއި މަހުން ފެށިގެންނެވެ. މުސާރަ ކުޑަކުރުމަށް ކުޅުންތެރިން އެއްބަސްވީ ޔުއެފާ ޗެމްޕިއަންސްލީގަށް އަންނަ ސީޒަނަށް ކޮލިފައިވެއްޖެނަމަ ބޯނަހެއްދޭނެ ކަމަށް ކްލަބުން ބުނެފައިވާތީއެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އޮތީ ނުވަވަނައިގައެވެ. އާސެނަލުން ކުޅުންތެރިންނަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ޕައުންޑްގެ ބޯނަހެއް ދޭން ވަނީ ނިންމާފައެވެ. އަދި އަންނަ ސީޒަނުގައި ޕްރިމިއާ ލީގު އާސެނަލުން ކާމިޔާބުކޮށްފިނަމަ  އިތުރު ފަސް ލައްކަ ޕައުންޑް ދޭނެ ކަމަށްވެސް ހުށަހަޅާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޔުރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ އިތުރު އެއް ލައްކަ ޕައުންޑް ދިނުމަށްވެސް ކުޅުންތެރިންނަށް ހުށަހަޅާފައިވެއެވެ. 

 



Leave a Comment:

Comments will be published after moderation.