News
ޗައިނީޒް ސުޕަ ލީގު ޖޫން ނުވަތަ ޖުލައި އަށް ތާވަލުކޮށްފި
20 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ ސަބަބުން ފަސްކޮށްފައިވާ ޗައިނީޒް ސުޕަލީގު ޖޫން މަހުގެ ފަހު ކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ފަށަށް ރާވާފައިވާ ކަމަށް ލީގުގެ ޗެއާމަން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ލީގުތައް ސަސްޕެންޑް ކޮށްފައިވާއިރު ޗައިނީޒް ސުޕަލީގަކީ ޔޫރަޕުންވެސް ޝައުގުވެރިކަމާއެކު ބަލާނެ އަދި އެގައުމުތަކުގެ ލީގުތައް ފެށުމަަާަާަާަާަާަާަާަާަާަާމެދު އަޅާ ކިޔާނެ މުބާރާތެކެވެ. ކުރިން ސުޕަލީގު ފަށަން ހަމަޖެހިފައި އޮތީ ފެބުރުއަރީ 22 ގައެވެ.
އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޗައިނާގެ ވޫހާން އިން ފެށިގެން އެގައުމުގައި ނޮވެލް ކޮރޯނާ ވައިރަސްފެތުރެން ފެށުމާއި ގުޅިގެން ލީގު ވަނީ ފަސްކޮށްފައެވެ.
ގުއަންޒޯ އާރުއެންޑްއެފް ގެ ޗެއާމަން، ހުއަންގ ޝެންގހުއާ އެގައުމުގެ ރަސްމީ މީޑިއާގައި ވިދާޅުވީ މިހާރު މިހާރުގެ ހާލަތަށް ބަލާއިރު އާ ސީޒަން ފެށޭވަރު ވާނީ ޖޫން ފަހުކޮޅު ނުވަތަ ޖުލައިމަހުގެ ކުރީކޮޅު ކަމަށެވެ.
ހުއަންގ ވިދާޅުވީ ސީޒަން އެއްކޮށް ކުޅޭނެ ކަމަށާއި މުޅި އެކު ސީޒަންގައި ހިމެމެނީ 30 މެޗު ކަމަށެވެ. މީޑިއާ ރިޕޯޓުތައް ދައްކާގޮތުން ޗައިނީޒް ފުޓްބޯލް އެސޯސިއޭޝަނުން މިކަމާއި ގުޅިގެން ހާއްސަ އެންގުމެއް އަންގާނެ ކަމެއް އަދި ނޭންގެއެވެ.
ޗައިނާއިން ބުނީ އެގައުމުގައި މިހާރު ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ހާލަތު ގޯސްވެދާނެ ކަމުގެ ބިރުވެރިކަން އޮތީ އެހެންގައުމުތަކުން އެގައުމަށް އެތެރެވާ ކޮރޯނާވައިރަސްގެ ކޭސްތައް ފެންނަމުންދާތީ ކަަމަށެވެ.
ޗައިނީޒް ސުޕަލީގުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކޮރޯނާވައިރަހަށް ޕޮސިޓީވްވިކަން އެނގިފައިވާާ ހަމައެެެކަނި ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑްގެކުރީގެ ފޯވާޑް ފެލައިނީ އެވެ.
ފެލައިނީއަށް ފަރުވާދިނުމަށްފަހު މިދިޔަ ހަފްތާގައިވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.