News

ސޮލާހު މިސްރުގެ ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

19 އޭޕްރިލް 2020






ލިވަޕޫލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސޮލާހު މިސްރުގައި އޭނާގެ ހޯމްޓައުން ކަމުގައިވާ ނަގްރިގްގެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން މިސްރުގައި ކާބޯތަކެއްތި ނުލިބިފައިތިބި މީހުންނަށް ކާނާ ފޯރުކޮށްދީިނުމުގެ ގޮތުން އެތައްހާސް ޓަނުގެ ކާބޯތަކެތި ފޯރުކޮށްދީފައިވާކަމަށް އޭނާގެ ބައްޕަ ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މިސްރުން 205 މީހުން މަރުވެފައިވާއިރު ސޮލާހު ވަނީ 405،000 ޕައުންޑްގެ އަގު ހުރި އެހީއެއް ވެފައެވެ. އޭގެ ތެރޭގައި ކާނާއާއި މަހުގެ ބާވަތްތަކާއި ފޭސް މާސްކްވެސް ހިމެނެއެވެ. މިތަކެތި ހަދިޔާކޮށްފައިވަނީ ނަގްރިގްގައި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީބޭނުންތަކަށް ޖެހިފައިތިބި ފަގީރުންނަށް ކަމަށް ސޮލާހުގެ ބައްޕަ ބުންޏެވެ.

މިވަގުތު ސޮލާހު ހުރީ ލޮކްޑައުން ކޮށްފައިިވާ އިނގިރޭސިވިލާތުގައެވެ. ސޮލާހަކީ އިނގިރޭސި ޕްރިމިއާލީގުގެ މުހިންމު ކުޅުންތެރިއެވެ. 

އޭނާ ވަނީ 2017-2018 ގައި 32 ގޯލު ކާމިޔާބުކޮށް ޕްރިމިއާލީގުގެ ރަން ބޫޓު ހޯދާފައެވެ. ސޮލާވަނީ 2018 ގައި ލިވަޕޫލްގެ ކޮންޓްރެކްޓް އާކޮށްފައެވެ.

 



Leave a Comment:

Comments will be published after moderation.