News

ދަގަނޑޭގެ އާދޭސް "ހެޔޮ ނުވާނެ، ގޭގަ ތިއްބަވާ"

19 އޭޕްރިލް 2020






މާލޭގައި ހަލުވިކަމާއެކު ކޮރޯނާ ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ގޭގައި ތިބުމަށް ހުރިހާ ފަރާތްތަކުންވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ. 

ރާއްޖޭގެ ފުޓްބޯޅައަށްވެސް ހުއްޓުމެއް އައިސްފައިވާ މި ދަނޑިވަޅުގައި ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ އާދޭހާއެކު އޭނާގެ އިލްތިމާސް ސޯޝަލް މީޑީއާގައި ހިއްސާކޮށްފައެވެ. އަޝްފާގް އެދެނީ ހެލްތް ޕްރޮޓެކްޝަން އޮތީރިޓީ އާއި ސަލާމަތީ ބާރުތަކުން އަންގާ ގޮތަށް ބޯލަނބާ ހުރިހާ މީހުންވެސް ގޭގަ ތިބުމަށެވެ. 

އަޝްފާގް މިހެން ބުނެފައިވަނީ އިއްޔެ އޭނާ ކޮށްފައިވާ ޓްވީޓެއްގައެވެ. ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިޔާ އަޝްފާގް މިވަގުތު ހުރީ ފުރަވެރި ރިސޯޓުގައި ކަރަންޓީނުގައެވެ. ޓީސީގެ އެހެން ކުޅުންތެރިންނާއެކު އަޝްފާގްވެސް ކަރަންޓީނު ކުރީ ބަނގްލަދޭޝްގައި އޮތް އޭއެފްސީ ކަޕްގެ މެޗެއް ކުޅުމަށްފަހު ސްރީލަންކާގައި ކަރަންޓީނުގެ މުއްދަތު ހަމަކޮށް ރާއްޖެ އައުމާއި ގުޅިގެން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީނު ކުރަން ސަރުކާރުން ނިންމާފައިވާތީ އެވެ. ޓީސީ ކުޅުންތެރިން ކަރަންޓީނު ކުރީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ މާލެ ގެނެސް 14 ދުވަހުގެ މުއްދަތަށެވެ.

. ބޯޅަ އެމްވީގެ ކިޔުންތެރިންނާ ފުޓްބޯޅަ އާއިލާ އަދި ހުރިހާ ރައްޔިތުންގެ ކިބައިން ބޯޅަ އެމްވީންވެސް އެދެނީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުގެ އެންގުންތަކަށް ބޯލަނބާ ގޭގައި ތިބުމަށެވެ. އަދި ބަލި ޖެހިފައިވާ ފަރާތްތަކަށް އަވަސް ޝީފާއަކަށެވެ. 



Leave a Comment:

Comments will be published after moderation.