News

ސްވިމިިން އެސޯސިއޭޝަންގެ އިންތިހާބު އަނެއްކާވެސް ފަސްކޮށްފި

19 އޭޕްރިލް 2020






އޭޕްރީލް 20ގައި ބޭއްވުމަށް ހަމަޖެއްސި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަނެއްކާވެސް ފަސްކޮށްފިއެވެ. 

އެ އެސޯޝިއޭޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބާއްވާ ތާރީޚް ފަސްކުރެވިފައިވާ ވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގާ ކަމަށެވެ.

މިގޮތަށް، އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ފަސްކޮށްފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ އަދި މިހާރުވެސް އަޅުއްވަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތާރީޚް، ގަޑި އަދި ބޭއްވޭނެ ތަން ފަހުން ޢިއުލާނު ކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެސޯސިއޭޝަނުން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ އިތުރުން ސްވިމިންގ އެސޯސިއޭޝަނުން 2020 ވަނަ އަހަރުގެ އެޕްރީލް 9 ން 11 އަށް ބޭއްވުމަށް ތާވަލްކޮށްފައިވާ ޤައުމީ ދިގުފެތުމުގެ 14 ވަނަ މުބާރާތްވެސް ވަނީ ކޯވިޑްގެ ސަބަބުން ފަސްކޮށްފައެވެ.
 

 



Leave a Comment:

Comments will be published after moderation.