News

ބަލިން ފަސޭހަވަމުންދަނީ, އެކަމަކު ކޮރޯނާވައިރަސް ކަމެއް ނޭންގޭ: ޑިބްރޭނާ

18 އޭޕްރިލް 2020






ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު އޭނާގެ އާއިލާ މެމްބަރުންތަކެއް ބަލިވެ އުޅުނު ކަމަށާއި އެއީ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ސަބަބުން ވީ ކަމެއް ކަމެއް ބުނަން ނޭނގޭ ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފި އެވެ.

 

މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ބަލިމަޑަު ކަމަކުން ސަލާމަތް ވަމުން އަންނަ ކަމަށާއި، އެހެންނަމަވެސް އޭނާއަށް ޖެހުނީ ކޮރޯނާވައިރަސްކަމެއް ބުނަން ނޭންގޭ ކަމަށް އޭނާ ބުނެފިއެވެ. 

 

ޑިބްރޭނާ ބުނީ އޭނާގެ އާއިލާ މީހުން ބަލިވެ އުޅޭތާ ދެ ހަފްތާވެއްޖެ ކަމަށާއި، މިހާރު ރަނގަޅު ކަމަށެވެ. ސްކައި ސްޕޯޓްސްއަށް ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި ޑިބްރޭނާ ބުނީ އޭނާގެ އާއިލާ މީހުން ބަލިވެ އުޅޭތާ ދުވަސްތަކެއް ފަހުން މިިހާރު އެންމެންވެސް ރަނގަޅު ކަމަށެވެ.

 

އެހެންނަމަވެސް އެއީީ ކޮރޯނާ ވައިރަސްކަމެއް ނުވަތަ ނޫން ކަމެއް ބުނަނަން ނޭންގޭ ކަމަށާއި، އެއްވެސް ޓެސްޓެއް ނަހަދާ ކަމަށް އޭނާ ބުންޏެވެ. ޑިބްރޭނާ ބުނީ އޭނާ ފިޓްކޮށް ހުންނަށް މަސައްކަތް ކުރަމުންދާކަމަށާއި، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދަށް ބޯލަނބާ އެކަން ދަމަހައްޓަމުން އަންނަ ކަމަށެވެ. 

 

އޭނާ ބުނީ ފިޓްނެސް ހިފެހެއްޓުމުގެ ގޮތުން ޓްރެޑްމިލްއެއް ބޭނުން ކޮށްގެން ކަސްރަތު ކުރަމުންދާ ކަމަށާއި، ގޭގައި އޮންނަ އަމިއްލަ ސްވިމިން ޕޫލެއްގައި ފަތަނީ ކަމަށެވެ. ގޭގައި ޕޫލެއް އޮތުމަކީ އޭނާގެ ނަސީބު ކަމަށްވެސް ޑިބްރޭނާ ބުންޏެވެ. 

 



Leave a Comment:

Comments will be published after moderation.