News

ލީގުތައް މެދުކަނޑާލުމުގެ ވިސްނުމެއް އަދި ނެތް: ޔޫރަޕިއަން ލީގު

16 އޭޕްރިލް 2020






ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ ފުޓްބޯޅަ ލީގުތައް މެދުކަނޑާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޔޫރަޕިއަން ލީގުން ބުނެފިއެވެ. 

ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކެއްޓްރީ އަލްބާޓޯ ކޮލަމްބޯ ވިދާޅުވީ ޔޫރަޕްގެ ލީގުތައް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތްކަމަށާއި، ކޮވިޑް-19 އިން ސަލާމަތްވެވޭނެ ދުވަހެއް އަދި ބުނަން ނޭންގޭ ކަމަށެވެ.

 ޔޫރަޕިއަން ލީގުގައި އިނގިރޭސި ޕްރިމިއާ ލީގު ލިމެނޭ ގޮތަށް ޔޫރަޕްގެ 36 ގައުމެއްގެ ލީގު ތަމްސީލް ކުރެއެވެ. 

އަލްބާޓޯ ކޮލަމްބޯ ވިދާޅުވީ މިވަގުތު ވިސްނުން އޮތީ ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅުމަށާއި، ގިނަ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރަމުން އަންނަނީ އެގޮތަށް މެޗުތައް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. 

ޔޫރަޕްގައި ބައެއް ލީގުތައް ކެންސަލް ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާއިރު ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިރާރާ ޔުއެފާ އިން އަންނަނީ އެކި ގައުމުތަކާއެކު ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފެށުމަށް މަގުފަހިކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. 

މިހާތަނަށް ލީގު ކެންސަލް ކޮށްފައިވަނީ ބެލްޖިއަމުން އެކަންޏެވެ. ބެލްޖިއަމުން ލީގު ނިންމާލީ ޔުއެފާއާއި އެކު މަޝްވަރާ ކުރުމަާށްފަހު ލީގުގެ ކުރީގައި އޮތް ބުރޫޖަށް ތަށި ދިނުމަށްފަހުއެވެ. 

 



Leave a Comment:

Comments will be published after moderation.