News

ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅުމަށް އޭއެފްސީން މަޝްވަރާ ކުރަނީ

16 އޭޕްރިލް 2020






ސަޕޯޓަރުން ނުވައްދާ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް، ކުރިޔަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނެފިއެވެ. 

އޭއެފްސީން ވަނީ މިދިޔަ އަންގާރަ ދުވަހު ބަޔާނެއް ނެރެ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އަދި އަންނަ ޖޫން މަހާއި ހަމައަށް މެޗުތައް ކުރިޔަށް ގެންދެވޭނެ މާހައުލެއް ނެތްކަމަށް އެ ބާޔާނުގައި ބުނެފައިވެއެވެ. 

އޭއެފްސީގެ ޖެނެރަލް ސެކެއްޓްރީ ވިންޑްސޯ ޖޯން އާއި ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މިއަހަރު ކުޅެވޭނެ ގޮތްތައް ފަހި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މެޗުތަކަށް ސަޕޯޓަރުން ނުވައްދާ ބަންދުކޮށްގެން ކުރިޔަށް ގެންދިއުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. 

އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ޓީމެއްވެސް ވާދަކުރެއެވެ. އެއީ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. 

 



Leave a Comment:

Comments will be published after moderation.