News

އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

15 އޭޕްރިލް 2020






ކޮވިޑް-19 އާއި ގުޅިގެން އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމައިފިއެވެ. 

 

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ އޭޕްރީލްމަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް މާޗް 18 ގައި ފަސްކޮށްފައެވެ. މިއަދު އެ އިދާޜާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މޭ މަހާއި ޖޫން މަހުވެސް މެޗުތައް ކުރިޔަށް ގެންދެވޭނެ ކަމަށް ނުފެންނާތީ މުއްދަތެއް ނެތް ގޮތައް ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

 

އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތްގޮތަސް ފަސްކޮށްފައިވާއިރު ރާއްޖޭގެ ދެ ޓީމެއް އޭއެފްސީ ކަޕްގައި މިއަހަރު ވާދަ ކުރެއެވެ. އެގޮތުން ދެކުނު އޭޝީއާގެ ގައުމުތައް ހިމެނޭ ގްރޫޕުގައި އޮތް ރާއްޖޭގެ ދެ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. 

 

މިމަހު އޭއެފްސީ ކަޕްގެ ދެ މެޗެއް މާލޭގައި ކުޅުމަށްވެސް ހަމަޖެހިފައި އޮތެވެ. އެއީ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އާއި ޓީސީ ބައްދަލުކުރާ މެޗާއި، މާޒިޔާއާއި ބަނގްލަދޭޝްގެ ބަޝޫންދުރާ ކިންގްސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދެ މެޗެވެ. 

 



Leave a Comment:

Comments will be published after moderation.