News

އޭއެފްސީގެ އެލީޓް ރެފްރީ ޕެނަލްގައި އެމްއެންޑީއެފްގެ ފަޒީލް

14 އޭޕްރިލް 2020






އޭއެފްސީގެ އެލީޓް ރެފްރީ ޕެންލްގައި ރާއްޖޭގެ ރެފްރީއެއްކަމުގައިވާ އެމްއެމްޑީއެފްގެ ސާޖެންޓް އާދަމް ފަޒީލް ހިމެނިއްޖެއެވެ. 

 

ފަޒީލް އެޕެނަލްގައި ހިމެނުނީ ދެއަހަރުގެ ރެކްރޫޓްމެންޓް ޓްރޭނިންގ ނިންމާ އެ ޕްރޮގްރާމުގެ ހުރިހާ ބަޔަކުން ފާސްވެގެންނެވެ. 

 

އޭއެފްސީގެ އެންމެެ މަތީ ފަންތީގެ ރެފްރީ ޕެނަލްގައި ފަޒީލް ހިމެނުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުގައެެވެ.

 

އެލީޓް ރެފްރީއަކަށްވުމުން އޭއެފްސީީ އަދި ފީފާ ކްލަބް ކޮމްޕެޓިޝަންތަކާއި އިންޓަނޭޝަނަލް މެޗްތަކުގައި ރެފްރީ ކަން ކުރެވޭނެއެވެ. 

 

އެހެންކަމުން އޭއެފްސީ ކަޕް، އޭއެފްސީ ޗެމްޕިއަންސް ލީގް އަދި ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ފަޒީލް އަށް ލިބޭނެއެވެ. 

 

ފަޒީލް ވަނީ ވޭތުދިޔަ ކުރު މުއްދަތުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާ އެފްއޭއެމުން ހޮވާ "ރެފްރީ އޮފް ދަ އިޔާ' ނުވަތަ އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމު ދެ ފަހަރަށް ހޯދާފައެވެ. 

 

މިއީ އެމްއެންޑީއެފްގެ ބޭކަލަކު އޭއެފްސީގެ އެލީޓް ރެފްރީ ޕެނަލްގައި ހިމެނުނު ފުރަތަމަ ފަހަރެވެ. ފަޒީލް އަކީ އޭނާ ރެފްރީކަން ކުރާ މެޗުތަކުގައި ޓީމްތަކާއި ސަޕޯޓަރުންގެ ލޯތްބާއި ތައުރީފު ލިބޭ ރެފްރީއެއްކަން ފާހަގަ ކުރެވެއެވެ. 



Leave a Comment:

Comments will be published after moderation.