News

ކެންސަލް ނުކޮށް ހާލަތު ތަންދިނުމުން އިޓާލިއަން ލީގު ފުރިހަމަކުރާނެ

13 އޭޕްރިލް 2020






ކޮރޯނާވައިރަސްގެ ސަބަބުން އިޓަލީގައި މެދުކަނޑާލާފައިވާ އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކެންސަލް ނުކޮށް ހާލަތު ތަންދިނުމުން ލީގު ފުރިހަމަ ކުރާނެ ކަމަށް އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގެބްރިއެލް ގްރަވީނާ ވިދާޅުވެއްޖެއެވެ. 

 

ގްރަވީނާ ވިދާޅުވީ ހާލަތު ތަންދިންހާ އަވަހަކަށް ލީގުގެ މެޗުތައް ފަށާނެ ކަމަށެވެ. އަދި ލީގު މެދުކަނޑާލާފައިވާތީ ބައެއް ކުލަބުތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރާ ކަމަށާއި، އެހެންނަމަވެސް އެކަން އެހެން ވިޔަ ނުދޭނެ ކަމަށް ގްރަވީނާ ވިދާޅުވިއެވެ.

 

ގްރަވީނާ ވިދާޅުވީ އެއްވެސް ކުލަބެއް ބަނގުރޫޓްވާން ނޭދޭ ކަމަށާއި، އިޓާލިއަން ލީގު ފަސްކޮށްފައިވާއިރު ކުލަބުތަކަށް ލިބޭ މާލީ ގެއްލުންތަކުން ސަލާމަތްވުމަށް ކުލަބުތަކަށް އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން އެހީވާނެކަމަށެވެ.

 

އިޓަލީ ސަރުކާރުން ވަނީ މެއި މަހުގެ 3 އާއި ހަމައަށް އެގައުމުގައި އެއްވެސް ކުޅިވަރު ހަރަކާތެއް ކުރިޔަށް ނުގެންދިއުމަށް އަންގާފައެވެ. 



Leave a Comment:

Comments will be published after moderation.