News
އީގަލްސް ސެމީއަށް – މާޒިޔާ މުބާރާތާ އަލްވަދާއު
12 ފެބްރުއަރީ 2019
މިރޭ ކުޅުން މެޗުން އީގަލްސް މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
މިރޭ މެޗަށް މާޒިޔާ ނިކުތީ ޖެހިޖެހިގެން ދެ މެޗު ކުރިން ބަލިވެގެންނެވެ. އަދި އީގަލްސް މި މެޗަށް ނުކުތީ ކުޅުން ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ދެ ޓީމުންވެސް މޮޅަށް ކުޅުން މި މެޗު ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ އީގަލްސްއެވެ. މެޗުގެ ހަމައެކަނި ގޯލް 74ވަނަ މިނިޓުގައި ޖަހައިދިނީ އީގަލްސްގެ މުހައްމަދު އަޒްމޫންއެވެ. މޭން އޮފް ދަ މެޗުގެ މަގާމް ހޯދީ އެ ޓީމުގެ ހުސައިން ފައިސަލްއެވެ.
މިމޮޅާއެކީ އީގަލްސް މުބާރާތުގެ ސެމީއަށް ދިޔައީއެވެ. ނަމަވެސް މާޒިޔާ މުބާރާތުން ކެޓީއެވެ. ގްރީން ސްޓްރީޓްސް ބަލިކޮށް މުބާރާތް ގަދަފަދަކޮށް ފެށި މާޒިޔާ އޭގެ ފަހުން ކުޅުން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅެވޭނީ ބުދަ ދުވަހުއެވެ. އެދުވަހު ހަވީރުގެ މެޗަކީ ހަމަގައިމުވެސް ވަރަށް ފޯރިގަދަވެގެންދާނެ މެޗެކެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ދެ ޓީމް ކަމަށްވާ އީގަލްސް އަދި ގްރީން ސްޓްރީޓްސް ވާދަ ކުރާ މިމެޗަކީ މިމެޗަށް ފަހު ކުޅޭ އޭދަފުށި އަދި ޔުނައިޓެޑް ވިކްޓަރީގެ މެޗަށް ބޮޑެތި އަސަރުތަކެއް ކުރުވާނެ މެޗެކެވެ. އީގަލްސް މޮޅުވެއްޖެ ނަމަ ސެމީއިން ޖާގައެއް ހޯދުމުގެ ފުރުސަތު ޔުނައިޓެޑް އަދި އޭދަފުއްޓަށްވެސް އޮންނާނެއެވެ. ނަމަވެސް އީގަލްސް ބަލިވެއްޖެނަމަ ގްރީން ސްޓްރީޓްސް އަދި އީގަލްސް ސެމީއަށް ދިޔަކަން ކަށަވަރު ވީއެވެ.
ގްރޫޕް ބީ ހޫނުވެގެން ދާއިރު ސެމީގައި މިހާރު ޓީސީ، ޑަ ގްރާންޑޭ އަދި އީގަލްސް އެ ޓިމްތަކާ ސެމީގައި ބައިވެރިވާނެ ޓީމެއްގެ އިންތިޒާރުގައި އެބަ ތިއްބެވެ.
Club Eagles Club Green Streets Eydhafushi Football Team FAM U-21 Youth Championship Maziya Sports and Recreation Club Towards Future United Victory