News

ޗެލްސީގެ ކުރީގެ ކީޕަރު ޕީޓާ ބޮނެޓީ މަރުވެއްޖެ

13 އޭޕްރިލް 2020






ޗެލްސީ އަދި އިންގްލޭންޑް ޓީމުގެ ކުރީ ކީޕަރު ޕީޓާ ބޮނެޓީ މަރުވެއްޖެއެވެ. 

 

އުމުރުން 78 އަހަރުގެ ބޮނެޓީ މަރުވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އާދިއްތަ ދުވަހުއެވެ.

 

ޗެލްސީން ބޮނެޓީ ސިފަކޮށްފައިވަނީ "ގޯލްކީޕިން ސްޕަސްޓާ އޮފް 1960 އަދި 1970" ގެ ގޮތުގައެވެ. 

 

ބޮނެޓީ އަކީ 1966 ވަނަ އަހަރު އިންގްލޭންޑަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިންގެ ސްކޮޑްގެ މެންބަރެކެވެ. އެހެންނަމަވެސް އެފަހަރު އެއްވެސް މެޗެއްގައި އޭނާގެ ބޭނުމެއް ނުކުރެއެވެ. ބޮނެޓީ ވަނީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލޭންޑް ޓީމުގައި 7 ފަހަރު ކުޅެފައެވެ

 

"ދަ ކެޓް" ގެ ނަމުން މަޝްހޫރުވެފައިވާ ބޮންޓީ ވަނީ ޗެލްސީއަށް 1965-1964 ވަނަ އަހަރުގެ ލީގް ކަޕް އަދި 1970-1969 ވަނަ އަހަރު އެފްއޭ ކަޕް އަދި 1971 ވަނަ އަހަރު ޔުއެފާ ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފައެވެ. ޗެލްސީން ވަނީ ބޮނެޓީއަކީ އެ ޓީމުގެ ހަގީގީ ލެޖެންޑެއް ކަމަށް ފާހަގަކޮށް، ޓްވިޓާގައި އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. ޗެލްސީން ބުނެފައިވަނީ ބޮނެޓީއަކީ އެކުލަބުގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށެވެ. 

 

ޗެލްސީއަށް 729 މެޗު ކުޅެދީފައިވާ  ބޮނެޓީ އަކީ ދެވަނައަށް އެންމެ ގިނަ މެޗު ޗެލްސީއަށް ކުޅުނު ކުޅުންތެރިޔާއަށް ވެފައެވެ. އަދި އެ ޓީމަށް އެންމެ ގިނަ ކްލީން ޝީޓް ހޯދަދިން ކުޅުންތެރިޔާގެ ރިކޯޑް 2014 ވަނަ އަހަރާ ހަމައަށް ދެމެހެއްޓި ކުޅުންތެރިޔަކީވެސް އޭނާއެވެ.



Leave a Comment:

Comments will be published after moderation.