News
ކުޅެން ނިކުތުމަށް މިހިރީ ކެތްމަދުވެފަ: ޕޮގްބާ
12 އޭޕްރިލް 2020
ސީޒަނުގެ ކުރީކޮޅު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ކުޅެން ނިކުންނަން ކެތްމަދުވެފައިވާކަމަށް ބުނެފިއެވެ.
ޕްގްބާ އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ ޑިސެމްބަރުގައެވެ. އޭނާ ބުނީ މިހާ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ފޫހިވާ ކަމަށާއި، މިކަމުގެ ސަބަބުން އޭނާ ފުޓްބޯޅަދެކެވާ ލޯބި އެނގިއްޖެ ކަމަށެވެ.
އަދި އެނބުރި އައިސް ކުރިޔަށްވުރެ މާ ރަނގަޅު ކުޅުމެއް ދެއްކުމުގެ އަޒުމު ވަރުގަދަ ވެއްޖެ ކަމަށް ޕޮގްބާ ބުންޏެވެ.
ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޕޮގްބާ ވަނީ އޭނާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށް ޖެނުއަރީގައި ސާޖަރީއެއް ހަދާފައެވެ.
ޕޮގްބާ ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި، ކުޅެން ނިކުތުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އޭނާ ކުޅެން ނިކުންނާނެ ކަމަށެވެ.
ދުނިޔޭގެ ރެކޯޑް އަގެއްގައި 2012 ގައި މެންޗެސްޓާ ޔުނައިޓެޑް އާއި ގުޅުނު ޕޮގްބާ މި ސީޒަން ނިމުމުން ކްލަބު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް މިދިޔަ ފެބުރުއަރީގައި އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ދީފައިވެއެވެ.
ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލައިފިނަމަ ދެން ގުޅޭނެ ކަމަށް ބެލެވެނީ ރެއާލް މެޑްރިޑް ނުވަތަ ޔުވެންޓަސް އާއި އެވެ.