News
ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލައިފި
12 އޭޕްރިލް 2020
މިދިޔަ ބުދަދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކުރި ލިވަޕޫލްގެ ލެޖެންޑް އަދި އެ ޓީމްގެ ކުރީގެ ކޯޗު ސާ ކެނީ ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ކޮރޯނާވައިރަހަށް ޕޮސިޓިވްވެފައިވާ އުމުރުން 69 އަހަރުގެ ޑަލްގްލިޝް ހޮސްޕިޓަލްގައި އެޓްމިޑް ކުރީ އިންފެކްޝަނަށް ފަރުވާ ދިނުމަށެވެ. އޭނާ ކޮރޯނާ ވައިރަހަށް ޕޮސިޓިވްވިކަން އެނގުނީ އެޑްމިޓް ކުރުމަށްފަހު ހެދި ޓެސްޓްތަކުންނެވެ.
އެހެންނަމަވެސް އޭނާގެ ފުށުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަލާމާތްތައް ނުފެނުނުކަމުގައިވިޔަސް ހޮސްޕިޓަލުން އައީ ރޫޓިން ޓެސްޓްތައް ހެދުމަށްފަހު ކޮވިޑް-19 އަށް ޕޮސިޓީވްތޯ ބަލަމުންނެވެ.
ކުރީގެ ސްކޮޓްލެންޑްގެ ފޯވާޑް ޑަލްގްލިޝް މިވަގުތު ހުރީ ސެލްޕް އައިސޮލޭޝަންގައި އޭނާގެ ގޭގައެވެ.
ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، ސިއްހީ ހިދުމަތްތެރިންގެ މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ. ގެ ޑަލްގްލިޝް ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، ސިއްހީ ހިދުމަތްތެރިންގެ ބުރަމަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށާއި އެމީހުން ސަލާމަތުން ތިބޭނެ ކަމަށް އުންމީދު ކުރާ ކަށެވެ.
އެގައުމުގެ ސިއްހީ ހިދުމަތްތެރިން މިދަނޑިވަޅުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރާ ކަމަށާއި، އެފަދަ ސިއްހީ ހިދުމަތެރިން ތިބުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑުު ނަސީބެއް ކަމަށްވެސް އޭނާ ބުންޏެވެ.
ސްކޮޓްލެންޑަށް އުފަން ޑަލްގްލިޝްއަކީ އެގައުމުގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީފައިވާ މޮޅު ކުޅުންތެރިއެވެ. އޭނާވަނީ 1977 ން 1990 އަށް ލިވަޕޫލަށް 355 މެޗު ކުޅެދީ 118 ލަނޑު ޖަހާދީފައެވެ. ލިވަޕޫލަށް ކޯޗުކަން ކޮށްދިނީ 1985 ން 1991 އަށެވެ. އޭގެ ފަހުން 2011 އިނ1 2012 އަށްވެސް ލިވަޕޫލަށް އިރުޝާދުދީފައިވެއެވެ.