News
ގްރީންއަށް އަންއްކާވެސް މުހިންމު މޮޅެއް
11 ފެބްރުއަރީ 2019
މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ވާދަކުރި މެޗުން ގްރީން ސްޓްރީޓްސް މޮޅުވެއްޖެއެވެ.
ކުރީ މެޗުގައި އޭދަފުށި ބޮޑު ތަފާތަކުން ބަލިކޮށްގެން މި މެޗަށް ގްރީން ނިކުތް އިރު ޔުނައިޓެޑް ނިކުތީ އީގަލްސްއާ ކުޅެ ބޮޑު ތަފާތަކުން ބަލިވެގެންނެވެ. މެޗުގައި ގްރީންއިން ޖެހި ދެ ގޯލް ޖަހައިދިނީ މޭން އޮފް ދަ މެޗްގެ މަގާމް ހޯދި އަބްދުﷲ ޔާމީނެވެ. މި މެޗުން ބަލިވުމުން މިހާރު ޔުނައިޓެޑް ޖެހިޖެހިގެން ކުޅެވުނު ދެމެޗުން ބަލިވީއެވެ.
މި މޮޅާއެކީ ސެމީއަށް ދިއުމުގެ ފުރުސަތު ގްރީންއަށް ބޮޑުވާނެއެވެ. ގްރީން މިވަގުތު އޮތީ އީގަލްސްއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. މިރޭ އީގަލްސް އަދި މާޒިޔާ ކުޅޭ މެޗަކީ އީގަލްސް އަށް ވަރަށް މުހިންމު މެޗެކެވެ. މިމެޗުން މޮޅުވެއޖެ ނަމަ އީގަލްސްއަށް ސެމީގެ ޖާގަ ކަށަވަރުވާނެއެވެ. އަދި އެހެން ވެއްޖެނަމަ މުބާރާތުން މާޒިޔާ ކަޓާނެއެވެ.. ނަމަވެސް މާޒިޔާ މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕް ބީ އިތުރަށް ފޯރިގަދަވެގެންދާނެއެވެ.
Club Eagles Club Green Streets FAM U-21 Youth Championship Maziya Sports and Recreation Club Towards Future United Victory