News

އަޝްފާގަށް ގަސްތުގަ ފުރުސަތު ނުދިނީއެއްނޫން- ބައްސާމް

16 އޯގަސްޓް 2018






އަޝްފާގަށް ގަސްތުގަ ފުރުސަތު ނުދިނީއެއްނޫން- ބައްސާމް

   އެފްއޭއެމް އިން ގަސްތުގަ އަޝްފާގައް ފުރުސަތު ނުދިނީނޫންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

 

ދައުލަތުގެ މީޑިޔާ ޓީވީއެމްގެ "ދިވެހި ފުޓުބޯޅަ" ޕްރޮގްރާމްގަ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އޭއެފެސްސީއަށް ސްކޮޑް ރަޖިސްޓަރ ކުރަން ފޮނޮވި އިރު އަޝްފާގު ކިޔަމުންދިޔައީ ބޫޓާން މެޗަށްފަހު ރިޓަޔާ ކުރަން ބޭބުންވާ ވާހަކަ ކަމަށެވެ. އެހެންވުމުގެ ސަބަބުން ސާފް ޗެމްޕިއަންޝިޕަށް 30 ކުޅުންތެރިން ރަޖިސްޓަރ ކުރި އިރު އަޝްފާގްގެ ނަން ރަޖިސްޓަރ ނުކުރާކަމަށެވެ. ނަމަވެސް ފަހުން އަޝްފާގު ސާފްގަ ކުޅެން ބޭނުންވެ އެކަމަށް އެދުމުން ޓީމްގަ ހިމަނަން އެފްއޭއެމް ވަރަށް މަސައްކަތްކުރިކަމަށެވެ. ނަމަވެސް އެގޮތަށް ލިސްޓްގައި ނަންޖަހައިދޭން ރިކުއެސްޓް ކުރާއިރު މިސަރަހައްދުގެ ގައުމުތަކަށް އަޝްފާގަކީ ކިހާވަރެއްގެ ކުޅުންތެރިއެއްކަން އެގޭތީ އެފުރުސަތު ނުލިބުނީކަމަށް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑު މިމަޤާމުގައި ހުރެގެން ވަކި ކުޅުންތެރިއަކު ޓީމުން ކަޓުވާލާކަށް ނޫޅޭނަން. އަމުދުން އަޝްފާޤު ޓީމުގައި ހިމަނަން އަޅުގަނޑު ބޭނުންވާނެ. އޭނާ މިހާރު ވެސް ހުރީ ކުޅެވޭ ފެންވަރުގައި. ވަރަށް ފޯމުގައިކަން ޤަބޫލުކުރަން. އެކަމަކު ކޮންމެ މުބާރާތަކީ ވެސް ވަކި ޤަވާއިދުތަކެއްގެ ދަށުން ވަކި ތާރީހެއްގެ ކުރިން ކުޅުންތެރިން ރަޖިސްޓްރީކޮށް ކަންކަން ކުރަންޖެހޭ މުބާރާތްތަކަށް ވާއިރު އަޝްފާޤު ރިޓަޔާކުރާނެ ވާހަކަ ބުނެފައިވާތީ އޭނާގެ ނަން ނުހިމަނައި އެހެން ކުޅުންތެރިއަކަށް ފުރުސަތު ދޭން ޖެހުނީ،" ބައްސާމް ވިދާޅުވިއެވެ.

އަޝްފާގަކީ މި ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވުމުގެ ސަބަބުން އޭނާއަކީ ގިނަ ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ފޯމުގައި ހުރެ ޓީމަށް ނުނެގުމުގެ ސަބަބުން ގިނަ ފުޓުބޯޅަ ސަޕޯޓަރުންގެ ފާޑުކިޔުން އެފްއޭއެމްއާއި ގައުމީޓީމްގެ ކޯޗް ޕީޓާ ސެގަޓަށް ވަނީ އަމާޒުވެފައެވެ. ކޯޗް ބުނެފައިވަނީ ގައުމީ ޓީމަށް 100 ޕަސެންޓް ނުދެވޭ ކުޅުންތެރިންނަށް އޭނާގެ ޓީމުން ޖާގައެއް ނެތް ކަމަށެވެ.

މި މައްސަލާގައި އަޝްފާގް މީޑިޔާގައި މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް އަޝްފާގު ބުނެފައިވަނީ މުބާރާތުގައި ކުޅެވޭނީ ކޯޗް އޭނާއަށް ފުރުސަތުދީގެންކަމަށެވެ.



Leave a Comment:

Comments will be published after moderation.