News
ޖޫން 10 އަކާ ހަމައަށް ސްކޮޓްލެންޑްގެ ފުޓްބޯޅަ ސީޒަން ސަސްޕެންޑް
9 އޭޕްރިލް 2020
ސްކޮޓްލޭންޑްގެ ފުޓްބޯޅަ ސީޒަން ޖޫން މަހުގެ 10 އަކާއި ހަމައަށް ފަހަތަށް ޖައްސާލާ ހުރިހާ ކުޅިވަރުތަކެއް މެދު ކަނޑާލައިފި އެވެ.
ސްކޮޓްލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ރޮޑް ވިދާޅުވީ ޖޫން 10 އަކާއި ހަމައަށް ފުޓްބޯޅަ މެޗުތައް މެދުކަނޑާލަން ނިންމީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކާއި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުލަބުތަކުގެ ރައްކާތެރިކަމާއި ކުޅުންތެރިންގެ ސިއްހަތަށް އަދި ސްޓާފުންނާއި ސަޕޯޓަރުންގެ ރައްކާތެރިކަމަށްޓަކާ ކަމަށެވެ.
ސްކޮޓިޝް އެފްއޭގެ ރައީސް ވިދާޅުވީ މެސެޖް ވަރަށް ސާފުކަމަށާއި، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އެހެންކަމުން އަވަހަށް ޓްރޭނިންތައް ފެށުމާއި ކުރިޔަށް އޮތް ހަފްތާތަކުގައި ފުޓްބޯޅަ މުބާރާތްތައް ސްކޮޑްލޭންޑްގައި ފެށުމަށް އިންތިޒާމްތަކެއް ހަމަޖައްސަން ބޭނުންނުވާ ކަމަށް ވެސް ރޮޑް ވިދާޅުވިއެވެ.
އެހެންކަމުން ކުރިޔަށް މިއޮތް ތިން މަހު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނުބާއްވާނެ ކަމަށް ސްކޮޓްލޭންޑްގެ އެފްއޭއިން ބުނެއެވެ. ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ފުޓްބޯޅަ މެޗުތަކުގެ ތެރޭގައި ޕްރޮޕެޝަނަލް ލެވެލް އާއި ރިކްރިއޭޝަނަލް ލެވެލްގެ މެޗުތައްވެސް ހިމެނެއެވެ.
މީގެ އިތުރުން ރޮޑް ވިދާޅުވީ މި ދަނޑިވަޅުގައި ސިއްހީ ހިދުމްތެރިންގެ މަސައްކަތަށް ޝުކުރުއަދާކުރާ ކަމަށާއި މިހާލަތުގައި ގައުމު އޮއްވާ ސިއްހީ ހިދުމަތްތެރިންނަށް އިތުރު ބުރައެއް ކުރިމަތިކުރުވަން ބޭނުން ނުވާ ކަމަށެވެ.