News

ކޮވިޑް-19: ސަރުކާރުގެ އެންގުމާ ހިލާފުވެވުމުން މޮރީނިއޯ މާފަށް އެދިއްޖެ

9 އޭޕްރިލް 2020






އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިޖްތިިމާއީ ގައިދުރުކަން ހިފެހެއްޓުމަށް އާންމުންނަށް އަންގާފައިވަނިކޮށް ސަރުކާރުގެ ޕްރޮޓޮކޯލް އާއި ހިލާފަށް އަމަލުކުރެވިފައިވާ ކަން ގަބޫލުކުރާކަމަށް ބުނެ ޓޮޓެންހަމް ހޮޓްސްޕާސްގެ މެނޭޖަރ ހޯސޭ މޮރީނިއޯ މާފަށް އެދިއްޖެއެވެ .

 

މޮރީނިއޯ މާފަށް އެދުނީ އިޖްތިމާއީ ގައިދުރުކަން ނުހިފަހައްޓާ ކައިރިކައިރީގައި ކުޅުންތެރިންނާ އެކު ތަމްރީމްތަކެއްގައި ހުންނަ ފޮޓޯ އެއް ސޯޝަލް މީޑީއާގައި ވައިރަލްވެ އޭނާއަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެންނެވެ. 

 

އެ ފޮޓޯގައި މޮރީނިއޯ ފެންނަނީ މިޑްފީލްޑަރު ޓަންގުއީ އެންޑޮމްބެލޭ އާއި ހޭޑްލީ ކޮމޮން ދަނޑެއްގައި ކަސްރަތުކުރަން އުޅޭ މަންޒަރެވެ.  މި ފޮޓޯ ގައި މޮރީނިއޯޯ އާއި ކުޅުންތެރިން އިޖްތިމާއީ ގައިދުރުކަމުގެ މިންގަނޑާއި ހިލާފުވެފައިވާކަމަށް ފެނެއެވެ. 

 

މޮރީނިއޯ ވަނީ އިޖްތިމާއީ ގައިދުރުކަމުގެ މިންގަޑާއި ހިލާފުވެވިއްޖެ ކަމަށް އެއްބަސްވެ މާފަށް އެދުމަށްފަހު ކުޅުންތެރިން ސަރުކާރުގެ އެންގުންތަކަށް ބޯ ލެނބުމަށް ގޮވާލާފައެވެ. 

 

މޮރީނިއޯގެ އިތުރުން ޑޭވިޑް ސަންޗޭޒް އާއި ރަޔަން ސެސެގްނަން ލަންޑަންގެ ޕާކެއްގައި އެކުގައި ޖޮގިންގައި އުޅޭ މަންޒަރެއްވެސް ވަނީ އާންމުވެފައެވެ.



Leave a Comment:

Comments will be published after moderation.