News

އިނގިރޭސި ކުލަބުތައް ބަނގުރޫޓްވެދާނެ: ގްރެގް ޑައިކް

8 އޭޕްރިލް 2020






ސީޒަން ފުރިހަމަނުކޮށް މުބާރާތްތައް ކެންސަލްކުރާ ހާލަތެއް އަތުވެއްޖެނަމަ އިނގިރޭސި ބައެއް ކުލަބުތައް ބަނގުރޫޓްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވެއްޖެ އެވެ. 

 

ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު ފުޓްބޯޅަ މުބާރާތްތައް ވަނީ ކެންސަލް ކޮށްފައެވެ. 

 

ކުލަބުތަކަށް ލިބޭ މާލީ ގެއްލުންތަކުގެ ސަބަބުން  އިނގިރޭސި ކުލަބުތަކުން އަންނަނީ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމަށް ސަރުކާރުގެ ސްކީމްގެ ބޭނުން ކޮށްގެން މުސާރައިގެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. 

 

ސަރުކާރުން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑުކުރުމަށް ޕްރިމިއާ ލީގަށް ބާރު އަޅައިގެން ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް ހުށަހަޅާފައެވެ. 

 

ކުލަބުތައް ބަނގުރޫޓުވުމުގެ ބިރު އޮތްކަމަށް ޑައިކް ވިދާޅުވީ ސީޒަން ފުރިހަމަ ނުކުރެވިއްޖެ ނަމަ ޕްރިމިއާ ލީގަށް 1 ބިލިއަން ޕައުންޑްގެ ގެއްލުން ލިބިދާނެ ކަމަށް ޕްރިމިއާލީގުގެ ޗީފް އެގްޒެކެޓިިވް ރިޓާޑް މާސްޓާރސް ވިދާޅުވުމާއި ގުޅިގެންނެވެ. އަދި އެ ގެއްލުމުގެ އަސަރު ކުރިޔަށް އޮތް ސީޒަނަށްވެސް ކޮށްފާނެ ކަމަށް ވިދާޅުވެ މާސްޓާސް ދެއްކެވި ވާހަކަ ފުޅާއި ގުޅިގެން ގްރެގް ވިދާޅުވީ އެފްއޭގެ ކަންބޮޑުވުމަކީ ކުލަބުތައް ބަނގުރޫޓްވެ ކުލަބުތައް ނެތި ދިއުމުގެ ބިރު ހީވުން ކަމަށެވެ.

 

ނަތީޖާއެއްގެ ގިޮތުން މުބާރާތްތަވެސް ނެތިދިއުން އެކަށީގެންވާ ކަމަށާއި އެންމެ ދެރަ ހާލަކަށްވެސް މި ހާލަތުގައި ތައްޔާރުވެ ތިބެން ޖެހޭ ކަމަށް ޑައިކް ވިދާޅިވިއެވެ.

 

ޑައިކް ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުޅުންތެރިންގެ މުސާރަތައް ކުޑަކުރާނަމަ ހާލަތު ގޯީސް އޭގެން ނުރަނގަޅު ކަންތައްތަކެއް ފެންމަތިވުންވެސް އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ކުޅިވަރާއި އެހެނިހެން ކަންކަންވެސް ހައްލުކުރުމުގައި އެންމެ އިންސާފުވެރިގޮތަކަށް އަމަލު ކުރުމަށް ޑައިކް ގޮވާލެއްވިއެވެ. 

 



Leave a Comment:

Comments will be published after moderation.