News
ރޮނާލްޑީނިއޯ ޖަލުން ގޭޭ ބަންދަށް ބަދަލުކޮށްފި
8 އޭޕްރިލް 2020
ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ފެރެގުއޭއަށް އެތެރެވި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޖަލުން ގޭޭ ބަންދަށް ބަދަލުކޮށްފިއެވެ.
32 ދުވަހު ޖަލުގައި ހޭދަކޮށްފައިވާ ރޮނާލްޑީނިއޯގެ ދެބެން ގޭބަންދަށް ބަދަލުކުރުމަށް އަމުރުކުރީ ޕެރެގޫއޭގެ ފަނޑިޔާރުު ގަސްޓވޯ އަމަރިއްލާއެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރި ރޮނާލްޑީނިއޯ އާއި އޭނާގެ ބިޒްނަސް މެނޭޖަރުގެ ގޮތުގައި ހަރަކާތްތެރިވާ ބޭބެ ގެއަށްބަދަލުކުރުމަށް ނިންމާފައިވާކަން އެ ދެމީހުންނާއި ހިއްސާކުުުުރީ ފޯނުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ޕެރެގުއޭވެސް މިވަގުތު އޮތީ ލޮކްޑައުން ކޮށްފައެވެ.
މިދިޔަ މަހުވެސް ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ މިނިވަން ކުރުމަށް ވަކީލުން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެ އޮއްވާ މިހާރު ނިންމާފައިވާ ގޮތުން ޝަރީއަތް ނިމެންދެން ހައްޔަރުކުރި އިރު ތިބި ހޮޓަލުގައި ތިބެެެެެވޭނެއެވެ.
ވަގު ޕާސްޕޯޓްގެ މައްސަލައިގައި ރޮނާލްޑީނިއޯ ހައްޔަރު ކުރީ މާޗް މަހުގެ 6 ވަނަ ދުވަހު ޕެރެގުއޭގެ އެއާޕޯޓުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުންނަމަ ރޮނާލްޑީނިއޯގެ ޕާސްޕޯޓް އޮތީ 2018ގެ ނޮވެމްބަރުގައި ބްރެޒިލްގެ ކަމާބެހޭ އިދާރާއިން ހިފަހައްޓާފައެވެ.
ރޮނާލްޑީނިއޯގެ ޕާސްޕޯޓް ހިފެހެއްޓީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގެ ތެރޭގައި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާތީ 2.5 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު އެފައިސާ ދައްކާފައި ނުވާތީއެވެ.
ރޮނާލްޑީނިއޯ ޕެރެގުއޭއަށް ދިޔައީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސަައްކަތް ކުރާ ޗެރެޓީތަކުން ސްޕޮންސާކޮށްގެން ބާއްވާ ކޮންފަރެންސަކަށެވެ. ރޮނާލްޑީނިއޯ ބުނީ އޭނާއަށް ވަގު ޕާސްޕޯޓެއް ދިނީ ޕެރެގުއޭގައި އެ ކޮންފަރެންސް އިންތިޒާމު ކުރި ފަރާތުން ކަމަށެވެ. އެތުހުމަތާއި ގުޅިގެން އެ ގައުމުގެ ރައީސް މާރިއޯ އަބްޑޯ ވަނީ ރޮނާލްޑޯއަށް ދައުވަތު ދިން ފަރާތް ސަސްޕެންޑް ކޮށްފައެވެ.
ޖަލަށް ލީނަމަވެސް ރޮނާލްޑީނިއޯ ގެންދިޔައީ ޖަލުގައި ފުޓްބޯޅަ މެޗުތައް ބާއްވާ އެހެން ކުއްވެރިންނަށް ޖަލުގައި ހިތްހަމަ ޖެހުމާއި ހިނިތުވުން ގެނެސްދެމުންނެވެ.