News

ވިކްޓަރީ އެއްވަރުވުމުން ޑަ ގްރާންޑޭ ސެމީއަށް

11 ފެބްރުއަރީ 2019






މިރޭ ފޯކައިދޫއާއި ވިކްޓަރީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗުގެ ކުރިން މި ދެޓީމް ކުޅުން މެޗުތަކަށް ބަލާލާއިރު ވިކްޓަރީ ވަނީ ކުރިން ކުޅުނު ހުރިހާ މެޗެއް އެއްވަރުކޮށްގެން ނިންމާލާފައެވެ. ފޯކައިދޫ ކުރިން ކުޅުން ދެ މެޗުން ވީ ބައްޔެވެ. ގޯލެއް ނުފެނި ނިމުން މެޗުގެ މޭން އޮފް ދަ މެޗް މަގާމް ހޯދައިފައިވަނީ ފޯކައިދޫގެ އަހްމަދު ފާރިސްއެވެ.

މެޗުން މޮޅުވެގެން ސެމީއަށް ދިއުމަށް އޮތް ފުރުސަތު ވިކްޓަރީއަަށް ގެއްލުމާއެކު ޑަ ގްރާންޑޭ މި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރު ކުރީއެވެ. އެ ޓީމާއެކީ ސެމީއަށް ދަތުރު ކުރި އަނެއް ޓީމަކީ ޓީސީއެވެ.

ގްރޫޕް ބީއަށް ބަލާލާއިރު އެ ގްރޫޕުގައި އަދި ކުޅެންޖެހޭ 4 މެޗު އެބައޮތެވެ. އެގޮތުން މާދަމާ ހަވީރު ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ ކުޅޭއިރު މާދަމާރޭ ކުޅޭނީ އީގަލްސް އަދި މާޒިޔާއެވެ.



Leave a Comment:

Comments will be published after moderation.