News
ކޮވިޑް-19: އެފްރިކާއަކީ ޓެސްޓް ލެބެއް ނޫން: ޑްރޮގްބާ
5 އޭޕްރިލް 2020
ކޮރޮނާ ވައިރަސް (ކޮވިޑް-19) އަށް ތައްޔާރުކުރާ ފުރަތަމަ ވެކްސިން އެންމެ ފުރަތަމަ ޓެސްޓް ކުރަންވާނީ އެފްރިކާގައި ކަމަށް ފްރާންސްގެ ދެ ތަޖްރިބާކާރަކު ބުނެފައިވާތީ
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ނުރުހުން ފާޅުކޮށްފިއެވެ.
އެފްރިކާއަށް ނިސްބަތްވާ ޑްރޮގްބާ ބުނީ މިިީއީ ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކި ވާހަކައެއް ކަމަށެވެ.
އައިވަރީ ކޯސްޓްގެ ސްޓްރައިކާ ޑްރޮގްބާ ބުނީ އޭނާގެ ކޮންޑިޓެންޓް އެފްރިކާ އަކީ ޓެސްޓް ލެބެއް ނޫން ކަމަށެވެ.
ފްރާންސްގެ ނޭޭޝަަަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އެންޑް މެޑިކަލް ރިސާޗް ގެެ ޑައިރެކްޓަރ އަދި ކޮޗިން ހޮސްޕިޓަ ލް އިންޓެންސިވް ކެއާ ސާރވިސް އޮފިސަރެއް ފްރާންސްގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ކޮވިޑް-19 އަށް އުފައްދާ ވެކްސިން ޓެސްޓް އެފްރިކާގައި ކުރެވިދާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ޑްރޮގްބާ ބުނީ އެފްރިކާ މީހުންނަކީ ބޭހާއި ވެކްސިން ޓެސްޓް ކުރާ ޒާތުގެ އޫރުތަކެއް ގޮތަށް އެފްރިކާ މީހުން ސިފަކުރުމަކީ ވަރަށް ހުތުރު އަމަލެއް ކަމަށެވެ.
ޑްރޮގްބާ މިކަމާއި ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފައިވަނީ އޭނާގެ ސޯޝަލް މީޑިއާގައެވެ.
ނަސްލީ ތަފާތު ކުރުމާއި އެފްރިކާ މީހުންނަށް އިހްތިރާމް ކުޑަވާގޮތަށް ފްރާންސްގެެ އެ ދެ ތަޖްރިބާކާރުން ވިދާޅުވުމުން އެފްރިކާ ރައްޔިތުން ސަލާމާތްކޮށްދިނުމަށް އެގައުމުތަކުގެ ވެރިންގެ ކިބައިން އެދޭ ކަމަށްވެސް ޑްރޮގްބާ ބުންޏެވެ.
ޑްރޮގްބާގެ މި ވާހަތަކަށް ސޯޝަލްމީޑިއާގައި ރައްދުދެމުން ކެމަރޫންގެ ކުރީގެ ފުޓްބޯޅަ ތަރި ސަމުއެލް އެޓޯވެސް ބުނެފައިވަނީ ފްރާންސުން އެ ދެއްކި ވާހަކައަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފްރިކާއަކީ ޓެސްޓިން ލެބޯޓްރީއެއް ނޫން ކަމަށެވެ.