News

ޕްރިމިއާ ލީގުގެ ކުޅުންތެރިން މުސާރަ ކުޑަކުރުމަށް ދެކޮޅު

5 އޭޕްރިލް 2020






ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެޗުތައް ހުއްޓުމަކަށް އައިސްފައިވާތީ މާލީ ގޮތުން ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިގެ 30 އިންސައްތަ ކުޑަކުރުމަށް ކުޅުންތެރިން ދެކޮޅު ހަދައިފިއެވެ. 

 

ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެންޗެސްޓަރ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އާއި ވަޓްފޯޑްެގެ ކެޕްޓަން ޓްރޯއީ ޑީނީ އަދި ވެސްޓް ހަމްގެ މާކް ނޯބެލް ވަނީ ވީޑިއޯ ކޮންފަރެއްސެއްގައި މުސާރަ ކުޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

 

ޕްރިމިއާ ލީގުގެ ވެރިންނާއި ކުލަބުތަކުން ވެރިން އުންމީދުކޮށްގެން ތިބީ މުސާރަ ކުޑަކުރުމަށް ހުށަހަޅާ އެއްބަސްވުން ކުޅުންތެރިން ބަލައިގަންނާނެ ކަމަށެވެ.

 

އެހެންނަމަވެސް ކުޅުންތެރިންގެ ފަރާތުން ލިބުނު މެސެޖަކީ "އަހަރުމެންގެ މުއްސަނދި ވެރިންނަށް އެހީވުމުގެ ބަދަލުގައި ކުޅުންތެރިންގެ ފައިސާ ދޭން ބޭނުމީ ނޭޝަނަލް ހެލްތް ސާވިސް އަށް" ކަމަށެވެ.

 

ޕްރިމިއާ ލީގުގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސް ނުވާހާ ހިނދަކު ސްޓަފުންނާ ކުޅުންތެރިންނަށް ކުލަބުތަކުން ފުލް މުސާރަ ދޭން ޖެހޭނެއެވެ. 

 

ޕްރިމިއާ ލީގުން ކުޅުންތެރިންނަށް ހުށަހަޅާފައިވަނީ 12 މަސްދުވަހުގެ މުއްދަތަށް 30 އިންސައްތަ އުނި ކުރުމަށެވެ. އޭރުން 500 މިލިއަން ޕައުންޑް އުނިވެގެން ދާނެއެވެ.



Leave a Comment:

Comments will be published after moderation.