News

ބަޔާންގެ ކޯޗު އެއްބަސްވުން އާ ކޮށްފި

4 އޭޕްރިލް 2020






މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދުދެމުން އަންނަ އެޓީމުގެ ވަގުތީ ކޯޗު ހަންސީ ފްލިކްގެ އެއްބަަސްވުން އާ ކޮށްފިއެވެ. 

 

ފްލިކްގެ އެއްބަސްވުން އާކޮށްފައިވަނީ 2023ގެ ޖޫންގެ ނިޔަލަށެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ 21 މެޗު ކުޅެ 18 މެޗުން މޮޅުވެފައެވެ. 

 

ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ އެހާ ދިގުމުއްދަތަކަށް އޭނާގެ ކޮންޓްރެކްޓް ދަމަހައްޓަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ފްލިކް ކަމުދާތީ ކަމަށެވެ. 

 

ރިޕޯޓްތައް ބުނާ ގޮތުން ބަޔާނުން ބޭނުންވީ މި ސީޒަން ނިންމުމުން ހަންސީގެ ބަދަލުގައި ބަޔާންގެ ކޯޗުގެ މަގާމަށް މެންޗެސްޓަރ ސިޓީގެ ޕެޕް ގާޑިއޯލާ ގެނައުމަށެވެ. ގާޑިއޯލާ ވަނީ ކުރިންވެސް ބަޔާނަށް ކޯޗު ކޮސްދީފައެވެ. 

 

ފްލިކް އަށް ބަޔާންގެ ކޯޗުކަން ހަވާލުކުރީ ކުރީގެ ކޯޗު ނިކޯ ކޯވަޗް މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅު އެޓީމުން ވަކިކުރުމާއި ގުޅިގެންނެވެ. އޭރު ފްލިކް ހުރީ ކޯވަޗްގެ އެސިސްޓެންޓެއްގެ ގޮތުގައެވެ.

 

މި ސީޒަން ނިންމުމަށްފަހު ބަޔާނުން ގާޑިއޯ ނުވަތަ މައުރީޒިއޯ ޕޮޗެޓީނޯ ގެންނަން އުޅޭކަމަށްވެސް އަޑު ފެތުރުނެވެ.

 



Leave a Comment:

Comments will be published after moderation.