ފީފާއިން މި ބަދަލު ގެނައުމުން އޮލިމްޕިކް ގޭމްސްގައި ފިރިހެން ފުޓްބޯޅަ ޓޯނަމަންޓްގައި ބައިވެރިވެވޭނީ 1 ޖެނުއަރީ 1997 ގެ ފަހުން އުފަންވެފައިވާ ކުޅުންތެރިންނަށެވެ. މި ނިންމުން އަދި ފީފާއިން ފާސްކޮށްފައެއް ނުވެއެވެ.
މި ނިންމުން ނިންމޭނީ ފީފާގެ 'ޑިސިޒަން މޭކިން ކައުންސިލް' ގެ ގޮތުގައި ކަނޑައަޅާފައިވާ ބިއުރޯއަށެވެ.
ޓޯނަމަންޓް ފެށުމަށް ތާވަލުކޮށްފައިވަނީ 23 ޖުލައިން 2021 ގައެވެ.
ކޮންމެ ގައުމަކުންވެސް އުމުރުފުރާއަށް ކަނޑައަޅާފައިވާ އުމުރަށްވުރެ ބޮޑު ތިން ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ކޮންމެ ގައުމަކަށްވެސް ލިބޭނެއެވެ.
އަންހެން ކުޅުންތެރިންގެ ޓޯޏަމަންޓަށް އޭޖު ލިމިޓެއް ނެތެވެ.
މީގެ އިތުރުން ފީފާއިން ވަނީ މިއަހަރުގެ ޖޫންމަހަށް ތާވަލުކޮށްފައިވާ އަންހެން އަދި ފިރިހެނުންގެ ބައިނަލްއަގްވާމީ ކުޅިވަރުތައް ކެންސަލް ކޮށްފައެވެ.