News

އެފް.އޭމް.އެމް ޔޫތް ކޮންޕަރެންސް މާދަމާ ފަށަނީ ، ކުރިމަގަށް އަޅާ ބޮޑު ފިޔަވަޅެއް

10 ފެބްރުއަރީ 2019






އެފް.އޭ.އެމް އިން ކުރިއަށް ގެންދަން ތައްޔާރުވެފައިވާ ޔޫތް ކޮންފަރެންސް މާދަމާ ފަށާނެއެވެ.

މިމަހުގެ 11ން 13ށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އަމާޒްކުރެވިފައިވަނީ ޔޫތު ޓީމްތަކުގެ ކޯޗުންނަށާއި، ކްލަބްތަކުގެ އެކެޑަމީ ތަކުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯޗުންނަށެވެ. މާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްއަކީ މިގޮތަށް ބޭއްވޭ އެންމެ ފުރަތަމަ ކޮންފަރެންސްއެވެ. މިއީ ޒުވާނުން ފުޓުބޯޅައްށް އަހުލުވެރިކުރުމަށޤ އެފް.އޭ.އެމްއިން ފަހަކަށް އައިސް ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ އަވަހަށް ދެން ބޭއްވޭނެ ޕްރޮގްރާމެވެ.

މިކޯސް ހިންގުމަށްޓަކައި ޖޯޑަންގެ މަޝްހޫރު ކޯޗް ނިހާދް ސޫގަރްވަނީ މިހާރު މާލެ އައިސްފައެވެ. ނިހާދްވަނީ ޖަނަވަރީ މަހު ބޭއްވުނު އޭ-ލައިސަންސް ކޯސްވެސް ކުރިއަށް ގެންގޮސްފައެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ޔޫތު ޓީމްތަކުގެ ކޯޗުންނަށާއި، ކްލަބްތަކުގެ އެކެޑަމީތަކުގެ ކޯޗުންނަށް ހުޅުވާލެވިފައެވެ.

އެފް.އޭ.އެމްއިން ވަނީ މިއަހަރު މިފަދަ އެތަށް ކޯޗިން ކޯހެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ލ.އަތޮޅު، ބ.އަތޮޅު އަދި ޏ.އަތޮޅުގައި ފުޓުބޯޅަ ތަރައްޤީ ކުރުމުގެ ހަރަކާތްތައް ހިންގުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.



Leave a Comment:

Comments will be published after moderation.