News

ސީޒަން ކެންސަލް ނުކުރުމަށް ޔުއެފާއިން އެދިއްޖެ

3 އޭޕްރިލް 2020






ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ހުއްޓާލާފައި ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުން ސީޒަން ކެންސަލް ނުކުރުމަށް ޔުއެފާއިން އެދިއްޖެ އެވެ.

 

ޔުއެފާއިން ބުނީ ލީގުތައް ކުރިޔަށް ގެންދެވޭތޯ ޖޫން މަހުގެ ފަހުން މެޗުތައް ފެށުމަށް ޕްލޭންތަކެއް ހަދަމުން އަންނަ ކަމަށެވެ.

 

ޔުއެފާއިން ވަނީ އެޖަމްއިއްޔާގެ ކްލަބްތަކާ ލީގުތައް ހިމެނޭ ގޮތަށް މެންބަރު 55 އެސޯސިއޭޝަުނުން މި ދަނޑިވަޅުގައި ގުޅިގެން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

 

ހުރިހާ މެންބަރު އެސޯސިއޭޝަންތަކާއި އެކު ބުދަ ދުވަހު ޔުއެފާއިން ކުރިޔަށް ގެންދިޔަ ކޮންފަރެންސް ކޯލުގައި މިއަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރުމާއި މެދު އެއްވެސް އެސޯސިއޭޝަނަކުން ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. 

 

އެހެންނަމަވެސް ބެލްޖިއަމްގެ ޖުލިޕާ ޕްރޯ ލީގުގެ ބޯޑް އޮފް ޑައިރެކްޓަސް ވަނީ އެލީގު ކެންސަލް ކުރުމަށް ހުށަހަޅާފައެވެ.

 

ނެދަލެންޑްސްގެ ބައެއް ކްލަބްތަކުންވެސް އަންނަނީ އެގައުމުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރުމަށް ގޮވާލާފައެވެ. 

 

އެހެންނަމަވެސް ޔުއެފާއިން ބުނީ ސީޒަންތައް ކެންސަލް ނުކޮށް ޖޫން 30 ގެ ފަހުން މެޗުތައް ބޭއްވޭތޯ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި  އެހެންނަަވެސް މިވަގުތަށް ޔުއެފާއިން އެންމެ އިސްކަންދޭނީ އާންމު ސިއްހަތަށް ކަމަށެވެ. 



Leave a Comment:

Comments will be published after moderation.