News
ކޮވިޑް-19: ބިރުވެރިކަމެއް، ނޭވާ ނުލެވި 25 މިނިޓްވި: ޕެޕޭ ރެއިނާ
1 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ އަލާމާތްތަކާއި އެކު ނޭވާލާން އުނދަގޫވެ ދިރިހުރުމާމެދު ބިރުވެރިކަން އުފެދުނު ކަމަށް އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ ބުނެފިއެވެ.
އިޓަލީގެ ކުޅިވަރު ނޫހަކަށް ކޮވިޑް-19 ޖެހިގެން ތަހަންމަލް ކުރި ވޭނުގެ ވާހަކަތައް ހިއްސާ ކުރަމުން އުމުރުން 37 އަހަރުގެ ރެއިނާ ބުނީ އެއްފަހަރު 25 މިނިޓްވަންދެން އޭނާއަށް ނޭވާ ނުލެވި އުނދަގޫތައްވީ ކަމަށެވެ. އެހެންނަމަވެސް އެެކަހެރިވެގެން ހުރުމާއި އަރާމު ކުރުމުގެ ސަބަބުން މިހާރު ހާލު ރަނގަޅު ކަމަށް ލިވަޕޫލްގެ ކުރީގެ ގޯލް ކީޕަރު ރެއިނާ ބުންޏެވެ.
ޔޫރަޕްގައި އެންމެ ގިނައިން ކޮވިޑް-19 ފެތުރެމުން އަންނަ އެއްގައުމުކަމުގައިވާ ސްޕެއިންގެ ރެއިނާ ބުނީ އޭނާއަށް މުޅި އުމުރުގައިވެސް ކުރިމަތިވި ހަގީގީ ބިރުވެރިކަމަކީ އޮކްސިޖަން ނުލިބި ނޭވާ ހާސްވި ދަނޑިވަޅު ކަމަށެވެ. އަދި ނޭވާނުލެވި ހާސްވެ އެވަގުތު އޭނާގެ ކަރުވެސް ބެދުނު ކަމަށެވެ.
ކޮވިޑް-19 ގެ ފުރަތަމަ އަލާމާތްތައް ފެށުނު އިރު އޭނާ ވަރަށް ވަރުބަލިވި ކަމަށާއި، ހުން އައިސް ހިކި ކެއްސުމެއް ހުރުމާއި އެކު ބޮލުގައި ރިހުންވެސް ކެނޑިގެން ނުދާ ކަމަށް އޭނާ ބުންޏެވެ.
އެ އަލާމާތްތައް ފެނުމުން ރެއިނާ ހުރީ އެކަހެރިވެގެންނެވެ. އެހެންނަމަވެސް އޭރު ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެއެވެ. ޓެސްޓްކުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލުގޯސްވި ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅެވެ.
ރެއިނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އިޓަލީގެ އޭސީ މިލާންގެ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ކުޅެމުން އަންނަ އެޓީމްގެ ގޯލް ކީޕަރެވެ.
އަންނަނީ އިޓަލީގެ އޭސީ މިލާނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އަންނަ ޕެޕޭ ރެއިނާ ވަނީ މިދިޔަ މާޗު މަހު ހުން އައުމުގެ ސަބަބުން ސެލްފް-އައިސޮލޭޝަނަށް ގޮސްފައެވެ. އޭގެ ފަހުން އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އޭނާ އެކަހެރިވެގެން ހުރީ އަންހެނުން ޔޮލާންޑާ އާއި ފަސް ދަރިން އަދި ދެ ދަރިން އިނދެގެން އުޅޭ މީހުންނާއި އެކު އޭނާ ދިރިއުޅޭ ބޮޑު ގޭގައި އެމީހުންނާއި ވަކިންނެވެ.