News
އީގަލްސްއަށް ބޮޑު މޮޅެއް
10 ފެބްރުއަރީ 2019
ޔުނައިޓެޑް ވިކްޓަރީއާ ވާދަކޮށް އީގަލްސްއިން ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.
މިރޭގެ މެޗަށް ދެ ޓީމް ނުކުތީ ކުރިން ކުޅުން މެޗުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ މިނިޓުގައި އީގަލްސްއިން ލަނޑުޖަހާ ލީޑު ނެގިއެވެ. އެއީ މިއަހަރުގެ މުބާރާތުގައި ޖެހި އެންމެ އަވަސްް ލަނޑުވެސް މެއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ހަސަން ރާއިފް އަހްމަދެވެ. އޭގެ 12 މިނިޓު ފަހުން ހަމަ އޭނާ ދެވަނަ ގޯލެއް ކާމިޔާބު ކުރިއެވެ. އަދި 17ވަނަ މިނިޓުގައި މުހައްމަދު އަޒުމޫން ލަނޑެއްޖަހާ ލީޑު ތިން ގޯލަށް ފުޅާކުރިއެވެ. މިނަތީޖާގައި އޮވެ އީގަލްސް ބޮޑަށް ކޮންޓްރޯލް ކުރަމުން ގެންދިޔަ ފުރަތަމަ ހާފް ނިމިގެން ދިޔައެވެ.
ދެވަނަ ހާފަށް އިލްހާމްގެ ކޯޗްކަމުގެ ދަށުން ކުޅޭ ޔުނައިޓެޑް ނިކުތީ ކުޅުން ރަނގަޅުކޮށް ރަނގަޅު ރައްދެއް ދިނުމަށެވެ. ނަމަވެސް ދެވަނަ ހާފުގެ 6 މިނިޓު ހިނގިތަނާ ހަސަން ރާއިފް އަހްމަދު އޭނާގެ ހެޓްޓްރިކް ފުރިހަމަކުރިއެވެ. އަދި އަޒްމޫން އިތުރު ލަނޑެއް ޖަހާ 5 ލަނޑަށް ތަފާތު އިތުރު ކުރިއެވެ. މިނަތީޖާގައި އޮވެ ނިމުން މެޗުގެ މޭން އޮފް ދަ މެޗަކީ ހަސަން ރާއިފް އަހްމަދެވެ.
މި ނަތީޖާއާއެކީ ގްރޫޕް ބީގެ އެއްވަނައިގައި މިހާރު އޮތީ 6 ޕޮއިންޓާއެކު އީގަލްސްއެވެ. ގްރީން ސްޓްރީޓްސް، ޔުނައިޓެޑް، މާޒިޔާ އަދި އޭދަފުށީގެ ތެރެއިން ކޮންމެ ޓީމެއްވެސް އޮތީ 3 ޕޮއިންޓާއެކުއެވެ.
މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ވިކްޓަރީ އަދި ފޯކައިދޫއެވެ. މިމެޗަކީ ޑަ ގްރާންޑޭ އަދި ވިކްޓަރީއަށްވެސް މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު މެޗެކެވެ. ވިކްޓަރީ ބަލިވެއްޖެ ނަމަ ނުވަތަ އެއްވަރު ވެއްޖެނަމަ ދާނީ ޑަ ގްރާންޑޭއެވެ. ނަމަވެސް ވިކްޓަރީ މޮޅުވެއްޖެނަމަ އެ ޓީމް ސެމީއަށް ދަތުރު ކުރާނެއެވެ.
ފޮޓޯ: ފޭސްބުކް/ އެފް.އޭ.އެމް
Club Green Streets Da-GANG Eydhafushi Football Team FAM U-21 Youth Championship Foakaidhoo Sports Club Maziya Sports and Recreation Club Towards Future United Victory Victory Sports Club