News

ކޮވިޑް-19: ބާސެލޯނާގެ ކުރީގެ ކީޕަރު ރުސްޓޫ އެޑްމިޓްކޮށްފި

30 މާރިޗު 2020






ބާސެލޯނާ އާއި ފެނަބާޗޭގެ ކުރީގެ ގޯލްކީޕަރު ތުރުކީގެ ރުސްޓޫ ރެކްބާ އަށް ކޮވިޑް-199 ޖެހި ހާލު ސީރިއަސްވުމާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ. 

 

އުމުރުން 46 އަހަރުގެ ރުސްޓޫ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ މީގެ ދެ ދުވަސް ކުރިންނެވެ. 

 

ރުސްޓޫގެ ހާލަތު ކުއްލިއަކަށް ގޯސްވުމުން އާއިލާއިން މިތިބީ ޝޮކެއްގައިކަމަށް އޭނާގެ އަންހެނުން އައިސިލް ބުންޏެވެ.

 

ރުސްޓޫއަކީ ދާއިމީ އެއްވެސް ބައްޔަކަށް ބޭސްކުރާ މީހެއް ނޫން ކަމަށާއި، ދާއިމީ ބައްޔަކަށް ބޭސްނުކުރާ މީހެއްގެ ހާލު ސީރިއަސްވާނެ ކަމަށް ކުރިން ހީވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. 

 

ރުސްޓޫ އަށް ކޮވިޑް-19 ޖެހިފައިވީނަމަވެސް އޭނާގެ ދެ ދަރިންނާ އަންހެނުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ޓެސްޓުތަކުން ވަނީ ދައްކާފައެވެ. 

 

ރުސްޓޫއަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ތުރުކީ ޓީމަށް ތިންވަނަ ހޯދައިދިނުމުގައި  މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެވެ. ރުސްޓޫ ވަނީ ތިން އަހަރު ބާސެލޯނާގެ ގޯލު ބަލަހައްޓާދީފައެވެ.

 

ބާސެލޯނާއިން ވަނީ ރުސްޓޫއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި، ބާސާއިން އަބަދުވެސް ރުސްޓޫ އާއި އެކު ވާކަމަށް ބުނެ ޓްވިޓާގައި ތުރުކީބަހުން ރުސްޓޫއަށް ދޭ މެސެޖެއް ޓްވީޓްކޮށްފައެވެ. 

 

ރުސްޓޫ ވަނީ 2012 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔާކޮށްފައެވެ. 



Leave a Comment:

Comments will be published after moderation.