News

"ސްޓޭ އެޓް ހޯމް" ޗެލެންޖް: ނައިބު ރައީސް އާއި ވަޒީރުންވެސް

29 މާރިޗު 2020






ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވަމުން އަންނަ "ސްޓޭ އެޓް ހޯމް" ޗެލެންޖް ސޯޝަލް މީޑިއާގައި ވައިގައިހިފާ ރާއްޖޭގެ ނާއިބު ރައީސް އާއި ވަޒީރުންވެސް ޗެލެންޖުގައި ބައިވެރިވެވަޑައިގެންފިއެވެ.

 

ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ ކުޅުންތެރިންންވެސް ބައިވެރިފައިވާ މި ޗެލެންޖުގައި ރާއްޖޭގެ ނައިބްރައީސް ފައިސަލް ނަސީމް އާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފްވެސް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަންނަނީ ބައިވެރިވަޑައިގަންނަވަމުންނެވެ.

 

ޝޯޝަލް މީޑިއާގައި ދަރުވާ ވީޑިއޯތަކަށް ބަލާއިރު މިޗެލެންޖްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ޗެލެންޖް ކުރެއްވީ ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދެވެ. ނާއިބު ރައީސް ވަނީ ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ އާއި ގަމު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވިސާމް އާއި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ސާއިދު އާއި ޗެލެންޖް ކުރައްވާފައެވެ. 

 

ހާރިޖީ ވަޒީރު ޝާހިދު މި ޗެލެންޖުގައި ބައިވެރިވެވަޑައިގެންނެވުމަށް ޗެލެންޖް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މެންބަރު އަލީ އާޒިމް އެވެ. އާޒިމް އާއި ޗެލެންޖް ކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.  

 

"ސްޓޭ އެޓް ހޯމް" ޗެލެންޖްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ބައިވެރިވަޑައިގެންނެވިއެވެ. ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އާއި މަޖިލިސް މެންބަރު އަނދުން ހުސެންނާ މިނިސްޓަރ މާރިޔާ ވަނީ ޗެލެންޖް ކުރައްވާފައެވެ. 

 

މި ޗެލެންޖް ޝޯޝަލްމީޑިއާގައި އެންމެ ބޮޑަށް ހިނގީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފަދަ ކުޅުންތެރިން ޗެލެންޖްގައި ބައިވެރިވެ އެމީހުންގެ ހުނަރު ސޯޝަލް މީޑީއާގައި ޝެއާ ކުރުމުންނެވެ. 

 

"ސްޓޭ އެޓް ހޯމް" ޗެލެންޖަކީ ހަމައެކަނި ފުޓްބޯޅަ ތަރިން ބައިވެރިވާ ޗެލެންޖެއް ނޫނެވެ. ގިނަވަގުތު ގޭގައި ހޭދަކޮށް ފޭނުންގެ ހިތްހަމަ ޖައްސާދިނުމަށް ފުޓްބޯޅަ ކުޅުންތެރިން ފެށި މި ޗެލެންޖްގައި މަޝްހޫރު މިއުޒީޝަނުންނާއި ގައުމުތަކުގެ އިސްވެރިންވެސް އަންނަނީ ބައިވެރިވަމުންނެވެ. 

 



Leave a Comment:

Comments will be published after moderation.