News

ޔުވެންޓަސްގެ ކުޅުންތެރިން ހަތަރު މަހުގެ މުސާރާ ނުނަގާނެ

29 މާރިޗު 2020






މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުިރެމުން އަންނަ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޔުވެންޓަސްއަށް ގެއްލުވާނެ ކަމަށް ލަފާކުރެވޭ 90 މިލިއަން ޔޫރޯ ސަލާމަތް ކުރުމަށް ކުރިޔަށް އޮތް 4 މަހުގެ މުސާރަ ނުނަގާ ގޮތަށް ނިންމައިފިިއެވެ.

 

 

އިޓަލީގެ ޔުވެންޓަސްގެ މެނޭޖަރ މައުރީޒިއޯ ސާރީ އާއި ހުރިހާ ކުޅުންތެރިންވެސް ކުރިޔަށް އޮތް 4 މަހުގެ މުސާރަ ނުނަގާގޮތަށް އެއްބަސްވެފައިވާ ކަމަށް އެޓީމުން ބުނެއެވެ.

 

ކޮވިޑް-19 ގެ ސަބަބުން ލީގުތައް ހުއްޓާލާފައިވާއިރު ޓީމަށް މާލީ ދަތިތައް ކުރިމަތިވާނެތީ މި ނިންމުން ނިންމުމުގެ ކުރިން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޯނާލްޑޯ ވަނީ އޭނާގެ މުސާރަ ކުޑަކޮށްދިނުމަށް އަމިއްލައަށް ހުށަހަޅާފައެވެ. 

 

އަހަރަށް މުސާރައިގެ ގޮތުގައި 30 މިލިއަން ޔޫީރޯ ލިބޭ ރޮނާލްޑޯ ހުށަހެޅީ އޭނާގެ މުސާރައިން 3.8 މިލިއަން ޔޫރޯ މަދުކުރުމަށެވެ. 

 

ޔޫރަޕްގައި ހަލުވި ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ މިދަނޑިވަޅުގައި ބޮޑެތި ފުޓްބޯޅަ ކްލަބްތަކަށް ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރަގައިތުމަށް ކްލަބްތަކު އަންނަނީ މުސާރަ ކުޑަކުރަމުންނެވެ.

 

އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ބަޔާން މިޔުނިކާއި ބޮރޫޝިއާ ޑޯޓްމުންޑްގެ ކުޅުންތެރިންނާ ސްޓަފުންގެ މުސާރަތައް ކުޑަކުރަން  ނިންމާފައިވެއެވެ. 

 

އިޓަލީގައި އޭފްރީލް 30 އާއި ހަމައަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މެދުކަނޑާލާފައިވާއިރު ޔުވެންޓަސްގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. 

އެއީ ބްލައިސް މަޓުއިޑީ އާއި ޑެނިއަލް ރުގާނީ އަދި ޕްއުލީ ޑިބާލާ އެވެ. 

 



Leave a Comment:

Comments will be published after moderation.