News

ފުޓްބޯޅަ ސީޒަން ގެއްލިދާނެ: ޔުއެފާ

29 މާރިޗު 2020






ޖޫން މަސް ނިމޭއިރު ފުޓްބޯޅަ ސީޒަން ނުފެށިއްޖެ ނަމަ މި ސީޒަން ގެއްލިއްޖެނަމަ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑާކެރެރިން ވިދާޅުވެއްޖެއެވެ.

 

ކޮރޯނާވައިރަސްގެ ސަބަބުން ޔޫރަޕްގެ ގިނަ ލީގުތައް މެދުކަނޑާލާފައިވާއިރު ކެރެފިން ވިދާޅުވީ ސަޕޯޓަރުން ނުވައްދާ ބަންދުކޮށްގެން ކުޅެފިނަމަ މި ސީޒަން ނިންމާލެވިދާނެ ކަމަށެވ. 

 

ޔޫރަޕްގެ ބައެއް ލީގުތަކާއި ޔޫރޯ 2020 ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. 

 

ކެރެފިން ވިދާޅުވީ " ސީޒަން ފެށުމުގައި ކުރިއެރުމެއް ނުހޯދިއްޖެނަމަ ސީޒަން ގެއްލުން އެކަށީގެންވޭ" ކަމަށެވެ. 

 

އިޓާލީގެ ނޫހެއްކަމަށްވާ ލަ ރިޕަބްލިކާއަށް ދެއްވި އިންޓަވިއުއެއްގައި 

ސްލޮވީނިއާގެ ކެރެފިން ވިދާޅުވީ މިހާރު ޕްލޭން  އޭ އަކާއި ޕްލޭން ބީ އެއް އަދި ޕްލޭން ސީ އެއް އެބައޮތް ކަމަށެވެ. 

 

މިހާރު އޮތް ތިން އޮޕްޝަނަމެއި މަހުގެ މެދުތެރޭގައި މެޗުތައް ފެށުމަށް ކަމަށާއި، ނުވަތަ ޖޫންމަހު ނުވަތަ ޖޫންމަހުގެ ފަހުކޮޅޫ ސީޒަން އަލުން ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކެރެފިން ވިދާޅުވީ ދެން މިހާރު އޮތް ގޮތަށް ސީޒަން ކުރިޔަށް ނުގެންދެވިއްޖެނަމަ ދެން އިތް ހައްލަކީ އަންނަ ސީޒަނުގެ ކުރީކޮޅު މި ސީޒަނުގެ ބާކީ މެޗުތައް ކުޅުން ކަމަށެވެ. އަދި އަންނަ ސީޒަން ފެށުން ލަސްކޮށްލުން ކަމަށެވެ. 

 



Leave a Comment:

Comments will be published after moderation.