News

ހޮޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

28 މާރިޗު 2020






ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ ވައުދުގެ ތެރެއިން ނ ހޮޅުދޫގައި ގާއިމް ކުރާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. 

 

ހޮޅުދޫގައި ގާއިމުކުރި ޓާފް ދަނޑަކީ މި ސަރުކާރުން ނިންމި ފުރަތަމަ ދަނޑެވެ. ދަނޑުގައި ޓާފް އެޅުމުގެ މަސައކަތް ކުރީ އަމީން ކޮންސްޓްރަކްޝަނުންނެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިންމާލީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އިންނެވެ. 

 

އެކި ރަށްރަށުގައި 40 ދަނޑުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު ހޮޅުދޫ ދަނޑު ނިމުނު ކަން އާންމުކޮށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފް ވަނީ ދަނޑުގެ ހިތްގައިމު ފޮޓޯތަކެއް އާންމު ކުރައްވާފައެވެ. 

 

މިނިސްޓަރ މަހްލޫފްގެ ޓްވީޓްގައި ވިދާޅުުވެފައިވަނީ މިހާރު ހޮޅުދޫ ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ މަހު ނިންމާނީ ފ. ނިލަންދޫގެ ދަނޑު ކަމަށެވެ. 

 

އަދި ހޮޅުދޫ ފުޓްބޯޅަ ދަނޑަކީ އެރަށުގެ ކުދިބޮޑު އެންމެންނަށް ލިބޭ ހަދިޔާއެއް ކަމަށާއި މޮޅެތި ކުޅުންތެރިންތަކެއް މި ދަނޑުން އުފެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

 

މި ޓްވީޓަށް ރައްދު ދެއްވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް  އަދީލް ޖަލީލް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.

 

އަދި ފުޓްބޯޅަ އާއިލާގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމަށް ކޮންމެހެން ބޭނުންވާ ކުޅިވަރުގެ މިފަދަ އިންސްފްރާސްޓްރަކްޗަރތައް ގާއިމް ކޯށްދެއވާތީ ޝޫކުރު އަދާ ކުރައްވާ ކަމަށެވެ.

 

ސްޕޯޓްސް މިނިސްޓްރީން ބުނީ ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި 15 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 



Leave a Comment:

Comments will be published after moderation.