News

އޭދަފުށި އޮތީ އެއްވެސް ގޮތަކަށް ދޫކުރާ ހިޔާލެއްގައެއް ނޫން

9 ފެބްރުއަރީ 2019






ގިނަ ބަޔަކު ހީކުރިގޮތާ ޚިލާފަށް މިއަދު ހަވީރު ކުޅެވުން މެޗުގައި މާޒިޔާ ބަލިކޮށް އޭދަފުށިން ފެންވަރު ދައްކާލައިފިއެވެ.

މިރޭގެ މެޗަށް ދެ ޓީމްވެސް ނިކުތީ ކުރިން މެޗުގައި ވީ ބަލިތައް ހަނދާން ނައްތާލާ އާ ހިތްވަރެއްލާ މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅެއް ހޯދާށެވެ. ދެޓީމަށްވެސް ކޮންމެ ގޮތަކުން ބެލިކަމުގައިވިޔަސް މޮޅުވުން މުހިންމެވެ. ދެ ޓީމުން މި ޜޫހުގައި މެޗު ފަށައިގެން ވަރުގަދަކޮށް ކުޅެމުން ގެންދިޔައެވެ. މެޗުގެ ހަމައެކަނި ގޯލް 36ވަނަ މިނިޓުގައި ކާމިޔާބު ކުރީ އޭދަފުށި ޓީމްގެ އިސްމާއީލް ޝަރީފްއެވެ. 0-1ން އޭދަފުށި މޮޅުވި މިމެޗުގައި މޮޅު ކުޅުމެއް ދައްކާ އޭދަފުށީގެ އަލީ ނަސީމްވަނީ މޭން އޮފް ދަ މެޗް ގެ މަގާމް ހޯދާފައެވެ.

މިހާރު އޭދަފުށި އޮތް ގްރޫޕް ބީގައި ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. މިކަމުގެ ސަބަބުން މި ގްރޫޕް އިތުރަށް ފޯރިގަދަވެ ކޮންމެ ޓީމެއްވެސް މުބާރާތުގައި ކުރިއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް އިތުރު ވެގެންދާނެއެވެ. ވަރުގަދަކޮށް މިދިޔަ އަހަރުގެ ޗެމްޕިއަނުން ބަލިކޮށް މުބާރާތް ފެށި މާޒިޔާވަނީ މިހާރު ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެވެ.

މިރޭ ދެން ކުޅޭނީ އީގަލްސްއާއި ޔުނައިޓެޑް ވިކްޓަރީއެވެ. މިއީ މި ގްރޫޕް ކުރިއަށް ދާނެ ގޮތެއް އެންގުމަށް ގްރޫޕް ބީގެ ހުރިހާ ޓީމަކަށްވެސް މުހިންމު މެޗެކެވެ.

ފޮޓޯ: ފޭސްބުކް/ ކްލަބް އޭދަފުށި

Club Eagles Club Green Streets Eydhafushi Football Team FAM U-21 Youth Championship Maziya Academy Towards Future United Victory

Leave a Comment:

Comments will be published after moderation.