News

ރޮޖާ ފެޑެރާ އާއި އޭނާގެ އަންހެނުންގެ ދީލަތީ އެހީ ސްވިޒަލޭންޑަށް

26 މާރިޗު 2020






ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ސްވިޒަލޭންޑްގައި އެންމެ ބޮޑަށް މުޖުތަމައުގެ އަޅާލުން ބޭނުންވާ އާއިލާތަކަށް އެހީވުމަށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ  ފެޑެރާ އާއި އޭނާގެ އަންހެނުން މިރްކާ 1 މިލިއަން ސްވިސް ފްރަންކްސް (1.02 މިލިއަން އެމެރިކާ ޑޮލަރު) ހަދިޔާކޮށްފިއެވެ. 

 

ކޮރޯނާ ވައިރަސް (ކޮވިޑް-19)  އާއި ގުޅިގެން އަޅާލުން ބޭނުންވާ  އާއިލާތަކަށް އެހީވުމުގެ ގޮތުން 1 މިލިއަން ސްވިސް ފްރަންކްސް ހަދިޔާ ކުރިކަން ފެޑެރާ އާއި އޭނާގެ އަންހެނުން އިއުލާނު ކުރީ އިއްޔެ އިންސްޓްރގްރާމްގަ އެވެ. 

 

 ފެޑްރާގެ އިންސްޓަރގްރާމް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ދަނޑިވަޅަކީ އެންމެންނަށްވެސް ގޮންޖެހުންތައް ގިނަ ދަނޑިވަޅެއް ކަމަށާއި، އެއްވެސް މީހަކު ބާކީކޮށްގެން ނުވާނެ ކަމަށެވެ.

 

އަދި އަޅާލުން ބޭނުންވާ އާއިލާތަކަށް އެހީވުމަށް ފެޑެރާއާއި އޭނާގެ އަންހެނުން ހަދިޔާ ކުރި ފައިސާއަކީ ފެށުމެއް ކަމަށާއި، މިކަމުގައި އެހެން މީހުންވެސް ބައިވެރިވެ ދީލަތި އެހީތައް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.އަދި އެންމެން އެކުގައި މަސައްކަތް ކޮށްގެން މިކަމުން އަރައިގަނެވޭނެ ކަމަށެވެ.

 

ސްވިޒަލޭންޑްގައި ކޮރޯނާވައިރަސްގެ 8،000 ކޭސް ފެނިފައިވާއިރު މި ބަލިޖެހިގެން 66 މީހުން ވަނީ މަރުވެފައެވެ. 

 

ސްވިޒަލޭންޑް ސަރުކާރުން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފަސް މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް މީހުން އެއްވުން މަނާކޮށްފައެވެ.

 

އާންމު ތަންތަނަށް ގިނަ އަދަދަކަށް މީހުން އެއްވުމާއި ސަރުކާރުން އަންގާފައިވާ އެންގުންތަކާއި ހިލާފުވާނަމަ ޖޫރިމަނާކުރާނެ ކަމަށްވެސް ސްވިސް ސަރުކާރުން އާންމުންނަށް އަންގާފައިވެއެވެ. 

 


Leave a Comment:

Comments will be published after moderation.