News

ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

26 މާރިޗު 2020






މިމަހު ބާއްވަން ހަމަޖެހިފައިވާ ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފިއެވެ. 

 

ހޭންޑް ބޯލް އެސޯސިއޭޝަނުގެ ރައީސް އަހުމަދު އިސްމާއިލް ސޮއި ކުރައްވާ އިއްޔެ މެންބަރު ކްލަބްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވީ އަހަރީ އާންމު ޖަލްސާ ފަސްކުރީ ކޮވިޑް-19 އިން ރައްކާތެރިވވުމަށް ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އާއި މިފަދަ ދަނޑިވަޅެއްގައި މީހުން އެއްވެ ނޫޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދުދީފައިވާތީ ކަމަށެވެ. 

 

އެހެންކަމުން މާޗްމަހު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ހޭންޑް ބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް ހޭންޑްބޯލް އެސޯސިޭޝަނުން ކުލަބުތަކަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. 

 

ހޭންޑް މޯލްޑިވްސްގެ ނަމުގައި ހިންގާ އެސޯޝިއޭޝަންގެ މެންބަރު ކުލަބުތަކުގުެ ތެރޭގައި 26 ކްލަބެއް ހިމެނެއެވެ.

 



Leave a Comment:

Comments will be published after moderation.