އާރްެއެފްއީއެފްގެ ރައީސް ލުއިސް ރުބިއަލްސް ވިދާޅުވީ ކްލަބްތަކަށް ދިމާވާ މައްސަލަތަކާއި ގުޅޭ ގޮތުން ލަލީގާ އާއި މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ކްލަބުތަކަށްވެސް އަދި ފުޓްބޯޅައަށް ދެއްވާނެ މެސެޖަކީއެންމެން އެކުގައި މި ވައިރަސް ހުއްޓުވާނެ ކަމުގެ މެސެޖްކަމަށް އޭނާ ވިދާޅުވިއެވެ.
ސްޕެއިން އަކީ ކޮރޯނާވައިރަސްގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެންމެ ފުރަތަމަ ވައިރަސް ފެނުނު ޗައިނާއިން މަރުވި މީހުންގެ އަދަދު ފަހަނަ އަޅާ ގޮސް ސްޕެއިންގެ 3،434 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވީ އިޓަލީންނެވެ.