News

ބަޔާން މިއުނިކާއި ޑޮޓްމުންޑުގެ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފި

25 މާރިޗު 2020






ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ބަޔާން މިއުނިކުގެ ކުޅުންތެރިންގެ މުސާރައިން 20 އިންސައްތަ އުނިކޮށްފިއެވެ.

 

ބަޔާން މިއުނިކްގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ހުރިހާ ކުޅުންތެރިންވެސް ވަނީ އެއްބަސްވެފައެވެ.  އަދި ޑިރެކްޓަރުންވެސް ވަނީ އެއްބަސްވެފައެވެ. 

 

އަދި ބްރޯޝިއާ ޑޮޓްމުންޑުގެ ކުޅުންތެރިންވެސް ވަނީ މުސާރަ ކުޑަކުރަން އެއްބަސްވެފައެވެ. އެހެންނަމަވެސް މުސާރަ ކުޑަކުރަނީ ކިތައް އިންސައްތަ ކަމެއް އެ ކްލަބުން އިއުލާނެއް ނުކުރެއެވެ. 

 

ބަޔާން އާއި ޑޮޓްމުންޑްގެ ކުރިން އެންމެ ފުރަތަމަ މުސާރަ ކުޑަކުރީ ބޮރޫޝިއާ މޮންޗެންގްލަޑްބެކްފެ ކުޅުންތެރިން އަމިއްލައަށް އެދިގެންނެވެ. 

 

ބަޔާން މިއުނިކްގެ ކުޅުންތެރިން މުސާރައަށް އަހަރެއްގެ މައްޗަށް 364 މިލިއަން ޑޮލަރު ބަޔާނުން ހޭދަކުރެއެވެ. ހުރިހާ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރުމުން 73 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެއެވެ.

 

މިދިޔަ ހަފްތާގައި ބަޔާން މިއުނިކްގެ ސްޓްރައިކާ ރޮބާޓް ލެވަންޑޮސްކީ އާއި އޭނާގެ އަންހެނުން ވަނީ ކޮރޯނާވައިރަސްއާއި ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީވުމުގެ ގޮތުން 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

 

އަދި އެޓީމުގެ ދެ ކުޅުންތެރިއަކު ވަނީ "ވީ ކިކް ކޮރޯނާ: ގެ ނަމުގައި ފަންޑެއްވެސް ހުޅުވާފައެވެ. މި ފަންޑު މެދުވެރިކޮށް ކޮރޯނާވައިރަސް އާއި ދެކޮޅަށް ކުރާ މަސައްކަތަށް ވަނީ 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ.

 

ޖަރުމަނުގެ ގިނަ ކްލަބުތަކުން މުސާރަ ކުޑަކުރަމުން އަންނައިރު ޖަރުމަނުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން 2.5 މިލިއަން ޔޫރީ ހަދިޔާކޮށްފައެވެ. 

 

މުސާރަކުޑަކުރަން ހުށަހަޅާފައިވާ ކުލަބުތަކުގެ ތެރޭގައި ވާޑާ ބްރެމެން އަދި ޝާލްކާ ވެސް ހިމެނެއެވެ. 

 

ކޮރޯނާވައިރަސްގެ ސަބަބުން މާޗް 8 ން ފެށިގެން ބުންޑަސްލީގާގެ އެއްވެސް ހަރަކާތެއް ކުރިޔަކަށް ނުގެންދެއެވެ. 

 

ޖަރުމަނުގެ ރަސްމީ އިދާރާތަކުން ބުދަ ދުވަހު މިއަދު ބުނީ އެގައުމުގައި ކޮވިޑް-199 ޖެހިގެން 149 މީހުން މަރުވެއްޖެ ކަމަށާއި، ބަލި ޖެހިފައިވާ 31،554 މީހުން އެބަތިބިކަމަށެވެ. 

 



Leave a Comment:

Comments will be published after moderation.