News
ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްވެސް ހޮސްޕިޓަލަކަށް
25 މާރިޗު 2020
ދުނިޔޭގެ އެންމެ މަޝްހޫރު ސްޓޭޑިއަމް އަދި ރިއޯ އޮލިމްޕިކްސްގެ "ޝޯޕީސް ވެނިއު" ނޮވެލް ކޮރޯނާވައިރަސް އަށް ފަރުވާދޭ ވަގުތީ ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފިއެވެ.
ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގެ އެންމެ ފާހަގަކޮށްލެވޭ އެއްތަން ކަމުގައިވާ މަރަކާނާ ސްޓޭޑިއަމަކީ 2016 ވަނަ އަހަރު އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް އާއި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުނު ސްޓޭޑިއަމެވެ.
މި ސްޓޭޑިއަމް ދެން ބޭނުން ކުރާނީ ބްރެޒިލްގައި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އެޑްމިޓްކުރަންޖެހޭ ބްރެޒިލްގެ ރައްޔިތުން ބައިތިއްބާ ފީލްޑް ހޮސްޕިޓަލެއްގެ ގޮތުގައެވެ.
ބްރެޒިލްގައި އެންމެ ގިނައިން ވައިރަސްޖެހިފައިވާ މީހުން ތިބިކަމަށް ރިޕޯޓްކޮށްފައިވަނީ ވެރިރަށް ސައުޕައުލޯ ގައެވެ. އަދި އެންމެ މަރު ގިނައީވެސް އެ ސިޓީގައެވެ.
މަރަކާނާގެ އިތުރުން ޕަކައެމްބޫ ސްޓޭޑިއަމާއި އެތަނުގެ ކޮންވެންޝަން ސެންޓަރުގައިވެސް ގައި ވަގުތީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތްކުރިޔަށްދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕަކައެމްބޫގައި ގާއިމުކުރާ ވަގުތީ ހޮސްޕިޓަލަކީ ކޮރޯނާވައިރަސް ޖެހިފައިވާ ބަލިމީހުންނަށް އިމަޖެންސީ ފަރުވާދެވޭ ގޮތަށް ތައްޔާރުކުރާ ހޮސްޕިޓަލެކެވެ.
ސައު ޕައުލޯގެ މޭޔަރުގެ އޮފީހުން ބުނީ ޕަކައެމްބޫ ސްޓޭޑިއަމާއި ކޮންވެންޝަން ސެންޓަރުގައި 2000 އެނދު ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް އޮތް ހަފްތާތަކުގައި ކުރިޔަށް ދާނެ ކަމަށެވެ.